IruOnline

އަނެއްކާ ވެސް ބައެއް ރިސޯޓުތައް ކަރަންޓީން ފެސިލިޓީއަށް

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ އަނެއްކާވެސް ބައެއް ރިސޯޓުތައް ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރަން ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވިދާޅުވީ، ބައެއް ރިސޯޓުތައް ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރަމުން އަންނައިރު އިތުރު ރިސޯޓުތައް މީހުން ކަރަންޓީންކޮށް އައިސޮލޭޓްކުރުމަށްޓަކައި ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޭސްތައް އިތުރުވާ މިންވަރަށް ބަލައި އިތުރު ކަރަންޓީން ފެސިލިޓީތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު ކަރަންޓީންކުރުން ނުވަތަ އައިސޮލޭޓްކުރުމުގައި އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ. 

މާލެ ސަރަހައްދު ލޮކްޑައުންގައި އޮތްއިރު ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވި، ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި އޭރު ބޭނުންކުރަމުން އައި ރިސޯޓުތައް ވަނީ ދޫކޮށްލާފަ އެވެ. އޭގެ ފަހުން، މީހުން ކަރަންޓީން ކުރަމުން އައީ ހުޅުމާލޭގެ ބައެއް ގެސްޓްހައުސްތަކުގަ އެވެ. އަދި ފަހުން ވަނީ ގޭގައި ކަރަންޓީންވުމުގެ ފުރުސަތު ވެސް ދީފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!