IruOnline

އެޗްޑީސީގެ މުވައްޒިފުން ފިޔަވަތީގައި ތިބޭ ކުދިންނަށް އީދު ހަދިޔާ ދީފި

އަޟްހާ އީދުގެ މުނާސަބަތުގައި ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒިފުން، ފިޔަވަތީގައި ތިބޭ ކުދިންނަށް އީދު ހަދިޔާ ދީފި އެވެ.

އެޗްޑީސީގެ މުވައްޒިފުން ގުޅިގެން ހިންގި ފަންޑްރައިޒިންގ ހަރަކާތްތަކަށްފަހު ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ ކޮންމެ ކުއްޖަކަށް ހާއްސަ ހަދިޔާތަކެއް ވަނީ ދީފަ އެވެ. އެ ހަދިޔާތަށް ފިޔަވަތީގައި ތިބި ކުދިންނާއި ހަވާލުކުރީ މިއަދު ހަވީރު އެވެ.

ފިޔަވަތީގައި ޖުމްލަ 120 ކުދިން ތިބޭއިރު، 1 އަހަރު ނުފުރޭ ތުއްތު ކުދިންނުން ފެށިގެން 13 އަހަރުގެ ކުދިން ތިބެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!