IruOnline

މަޑު ރީތި ތުންފަތެއް ބޭނުންތަ؟

ތުންފަތަކީވެސް ރީތި ހަށިގަނޑަކަށް ވަރަށް މުހިއްމު ގުނަވަނެކެވެ. ކޮންމެ މީހަކުވެސް ރީތި މަޑު ހިކިފައި ނުހުންނަ ތުންފަތަކަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. ލިޕް ބާބް އަދި ލިޕްސްޓިކް ފަދަ އެއްޗެހި ބޭނުންކޮއްގެން ތުންފަތުގެ ރީތިކަން ދައްކުވައިދެއެވެ. އެހެންނަމަވެސް އެއްވެސް އެއްޗެއް ބޭނުން ކުރުމަކާނުލާ ތުންފަތް ސާފުކޮށް ރީތި މަޑު ފިޔާތޮށި ކުލައިގައި ހުންނާނެ 3 ގޮތެއް ތިރީގައި އެވަނީއެވެ.

އަލްމަންޑް އޮއިލް އާއި ލުނބޯ

އެއް ސަމްސާ އަލްމަންޑު އޮއިލް ގެ ތެރެއަށް ލުނބޯ ހުތްކޮޅެއް ފެލާލާފައި ރަނގަޅަށް އެއްކޮއްލާށެވެ. ރޭގަނޑު ނިދުމުގެ ކުރިން މިތެޔޮކޮޅުން ރަނގަޅަށް ތުންފަތުގައި މަސާޖުކޮއްލުމަށްފަހު ރޭގަނޑު ބަހައްޓާށެވެ. މިގޮތަށް ކޮންމެ ރެއަކު ތިން ހަފްތާ ވަންދެން ހެދުމުން ތުންފަތުގެ ކުލަ ރީތިވާކަން ފާހަގަވާނެއެވެ.

ބީޓްރޫޓް ޖޫސް

ބީޓްރޫޓް ގާނާލުމަށްފަހު ޖޫސް ނިކުންނާނެހެން ފެލާލާށެވެ. އެއް ސަމްސާ ބީޓްރޫޓު ޖޫހުގެ ތެރެއަށް އެއް ސަމްސާ މާމުއި އެޅުމަށްފަހު ރަނގަޅަށް އެއްކޮއްލާށެވެ. ރޭގަނޑު ނިދުމުގެ ކުރިން މީގެން ތުންފަތް މަސާޖުކޮއްލުމަށްފަހު ރޭގަނޑު ބަހައްޓާށެވެ. ހެނދުނު ހޭލާފައި ދޮވެލާށެވެ. މިގޮތަށް ކޮންމެ ރެއަކު ހެދުމުން ތުންފަތުގެ ހަންގަޑު ސާފުވެ މަޑުވާކަން އިހުސާސްވާނެއެވެ.

ހަކުރާއި ލުނބޯ

ލުނބޯ ހުތްގަނޑެއްގެ މައްޗަށް ހަކުރު ކޮޅެއް ބުރުވާލާފައި ތުންފަތުގައި އުގުޅާލާށެވެ. 2 މިނެޓެއްހާއިރު އުގުޅުމަށްފަހު ދޮވބެލާށެވެ. މިގޮތަށް ކޮންމެ ދުވަހަކު ދެފަހަރު ހެދުމުން ތުންފަތުގެ ތެއްކަން އިތުރުވެ ފިޔާތޮށި ކުލަ އަރާކަން ފާހަގަވާނެއެވެ.

ފަސޭހައިން ލިބެންހުރި އެއްޗަކުން މިއިން ކޮންމެވެސް އެކައްޗެއް ތަޖުރިބާ ކޮއްލާށެވެ. ތުންފަތުގެ ކަޅުކަން ދައްވެ ތީރި ފިޔާތޮށި ކުލަ އަރާ ތެއްކަން އިތުރުވާނެއެވެ. ތުންފަތުގެ އަލި ކުލައަކީ ތިމާގެ ސިއްހަތަށްވެސް ވަރަށް ފައިދާހުރި ކަމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!