IruOnline

ޓައިގާގެ މި ފޮޓާ އަށް ގިނަ ބައެއްގެ ސަމާލުކަން!

އާއިލާއާއި އެކު ކޮރެންޓީންގައި ޓައިގާ ޝުރޮފް ހޭދަކުރަމުންދާ މިދަޑިވަޅުގައިވެސް ޓައިގާގެ އާއިލާއިން ބެލުންތެރިންނާ ބާއްވަންޖެހޭ ގުޅުން ވަރަށް ރަގަނޅަށްދަނީ ޤާއިމްކުރަމުންނެވެ.

ދާދި ފަހުން ޓައިގާގެ މަންމަ އައިޝާ ޝުރޮފް އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކަށް ކުޑައިރުކޮޅެއްގެ ތެރޭގައި ޓައިގާގެ ލޯބިވެރިޔާ ދިޝާ ޕަޓާނީ ލައިކް ކޮއްފައިވާއިރު މިފޮޓޯ ވެގެން ދިޔައީ ޓައިގާގެ ފޭނުންގެ ތެރޭގައިވެސް މަޤުބޫލު ފޮޓޯއަކަށެވެ.

ގޭގައި ގެންގުޅޭ ޕެޓާއި އެކު ބެލްކަނީގައި ޓައިގާ ނަގާފައި ފޮޓޯ ހިއްސާ ކުރަމުން އޭނާގެ މަންމަ ބުނެފައިވަނީ ލޯބީ އެކި ގޮތްގޮތަށް މާނަކުރެވޭނެ ކަމަށެވެ.

ޓައިގާ ޝުރޮފްގެ މަންމަ މިގޮތަށް ލޯބި މާނަކޮއްފައިވާއިރު ދާދި ފަހުން  ޓައިގާގެ ލޯބިވެރިޔާ ދިޝާވަނީ ޓައިގާގެ އާއިލާއާއިއެކު އޭނާގެ އުފަންދުވަސްވެސް ފާހަގަކޮއްފައެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ބުނަމުންދިޔައީ ދިޝާ މިފުރަބަންދުގައި ދިރިއުޅެމުންދަނީ ޓައިގާ ޝުރޮފްއާއިއެކު އެގޭގައި ކަމަށެވެ.

ނަމަވެސް މިކަން ދޮގުކޮށް ޓައިގާގެ ދައްތަ ކުރިޝްނާ ޝުރޮފް ބުނެފައިވަނީ ދިޝާ ދިރިއުޅެނީ ޓައިގާ އާއި އެކު ނޫންކަމަށެވެ. އެހެން ނަމަވެސް ދިޝާ ދިރިއުޅެނީ ޓައިގާގެ ގެއާއި ވަރަށް ކައިރީގައި ކަމުން ފަސޭހައިން ބައްދަލުކުރެވެނީކަމަށެވެ.

ޓައިގާ ޝުރޮފް އަކީ މަޝްހޫރު ފިލްމީތަރި ޖެކީ ޝުރޮފްގެ ފިރިހެން ދަރިފުޅެވެ. ހީރޯޕަންތީ، ބާގީ އަދި ވޯރ ފަދަ މަޝްހޫރު އެތަށް ފިލްމަކުން ބެލުންތެރިންގެ މަޤުބޫލުކަން ހޯދަމުންއަންނަ މޮޅު ތަރިއެކެވެ.        

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!