IruOnline

އިންޑިއާ އަސްކަރިއްޔާއާ ގުޅިގެން ހިންގާ އެއިރިއަލް ސަރވައިލެންސްގެ 53 ވަނަ ޕެޓްރޯލް ފަށައިފި

ރާއްޖޭގެ ޤައުމީ ދިފާއީ ބާރާއި އިންޑިއާގެ ސިފައިން ގުޅިގެން ސިލްސިލާކޮށް ހިންގަމުންއަންނަ، ވައިގެމަގުން ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަޙައްދު ބެލެހެއްޓުމުގެ 53ވަނަ އޮޕަރޭޝަން މިއަދު ފަށައިފިއެވެ.

މި އޮޕަރޭޝަނަކީ ދިވެހިރާއްޖެއާއި އިންޑިއަންނޭވީ ގުޅިގެން 2009ވަނަ އަހަރުން ފަށައިގެން ސިލްސިލާކޮށް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. މިއޮޕަރޭޝަންގެ އެންމެ ބޮޑު ބޭނުމަކީ ޤަވައިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަންނަ އުޅަނދުތަށް ދެނެގަނެ، އެފަދަ އުޅަނދުތަށް ހުއްޓުވުމެވެ.

ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ އިންޑިއާ ގުޅިގެން ހިންގަމުން އަންނަ މި އޮޕަރޭޝަނަކީ ވަރަށް ކާމިޔާބު އޮޕަރޭޝަނެއްކަމަށެވެ. އެގޮތުން މިހާތަނަށް މީގެ 53އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވާއިރު، ޤަވައިދާ ޚިލާފައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަދެ އުޅުނު އެތަށް އުޅަނދެއް ދެނެގަނެ އެކަން ހުއްޓާފައިވެއެވެ. އެމްއެންޑީއެފުން ވިދާޅުވީ މިގޮތަށް ވަންނަ ގިނަ އުޅަނދުތަކަކީ ރާއްޖޭގެ ކަނޑުގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދަށް މަސްވެރިކަމުގައި ވަންނަ އުޅަނދުތައް ކަމަށެވެ.

މި އޮޕަރޭޝަންގައި މީގެ ގިނަ އުޅަނދުތަކެއް ދެނެގަނެ ހުއްޓުވައި ފިޔަވަޅުއަޅާފައި ވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. ކަނޑުމަގުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކާ ޚިލާފައި ވައިގެ މަގުން ކުރިއަށްމިގެންދާ އޮޕަރޭޝަންގެ ސަބަބުން ބޮޑެތި ފައިދާތަށް ރާއްޖެއަށް ކުރާކަމަށް އެމްއެންޑީއެފުން ފާހަގަކުރައްވާފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!