IruOnline

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި

ގއ އަދި ގދ ހިމެނޭ ސަރަހައްދުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރު ކުރީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

 މިހާދިސާއާ ގުޅިގެން އެކަން ހިނގި ރަށުގައި، ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެކަން ކުރި މީހާގެ ގެދޮށުގައި އިހުތިޖާޖު ކޮށްފައިވެއެވެ. އެކަން ހިންގި އިރު ފުލުހުންވެސް އެ ތާނގައި ތިބިތަން އާންމުވެފައިވާ ވީޑިއޯ ތަކުން ފެނެއެވެ.

ފުލުހުން ބުނީ ޖިންސީ ގޯނާގެ މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭ ކަމަށެވެ. އަދި ރެއިން ފެށިގެން މައްސަލަ ބަލަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!