IruOnline

ކޮވިޑަށް ޕޮޒިޓިވް ކަމަށް ބުނެ ފްލައިޓުން ބޭލި މީހުން އަލުން ފުރުވާލަނީ

ރާއްޖެއިން ނުލިބޭ ފަރުވާ ހޯދުމަށް އިންޑިއާއަށް ފުރުމަށް މިމަހުގެ 29 ވަނަ ދުވަހު ހަމަޖެހިފައިވާ މޯލްޑިވިއަންގެ ފްލައިޓުގައި އިން ކުޑަ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްކަމަށް ބުނެ ކުއްޖާ އާއި މައިންބަފައިން، ފްލައިޓުން ބޭލިއިރު ފަހުން ކުއްޖާ ބައްޔަށް ނެގެޓިވްވުމުން އަލުން އިންޑިއާއަށް ބޭހަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ކުއްޖާ، ބައްޔަށް ޕޮޒިޓިވް ކަމަށް ބުނެ، ފްލައިޓުން ބާލާއި، ބޯޓު ޑިސްއިންފެކްޓް ކުރުމަށް ފަހު، ހަމަ އެ ދުވަހު ވަނީ ފަރުވާއަށް ދާ މީހުންނާއި އެމީހުންގެ އެހީތެރިން ހިމެނޭ ގޮތަށް 60 މީހަކު އިންޑިއާއަށް ގޮސްފަ އެވެ. 

ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވި ގޮތުގައި، އަނގަ ބަހުން ޓެސްޓުގެ ނަތީޖާ ދެމުންއައީ އަވަހަށް ފަރުވާއަށް ފުރޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުންނެވެ. އެގޮތުން އެކުއްޖާ ބައްޔަށް ޕޮޒިޓިވް ކަމަށް ބުނެ، ބޭލި ނަމަވެސް ނަތީޖާ ލިބުނުއިރު ކުއްޖާ ބައްޔަށް ނެގެޓިވްކަން އެނގިފައިވާކަމަށް ވިދާޅުވި އެވެ. 

އެގޮތުން އާސަންދައާ ގުޅިގެން އެމީހުން ފަރުވާއަށް އިންޑިއާއަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ހުޅުމާލޭގައި އެމީހުން މިހާރު ބައިތިއްބާފައިވާއިރު އާއިލާއިން ބައެއް ނޫސްތަކަށް ބުނެފައިވާ ގޮތުގައި އަލުން އިންޑިއާއަށް ފުރޭނީ 14 ދުވަހުގެ ކަރަންޓީން މުއްދަތަކަށް ފަހު ކަމަށް އެމީހުންނަށް ވަނީ އަންގާފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!