IruOnline

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަތަކެއް ނުބަލައިގެން މުޒާހަރާ ކުރަނީ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަތަކެއް ނުބަލައިގެން ގއ. ކޮލަމާފުށީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

އޮންލައިން ނޫހަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މުޒާހަރާގައި ރަށުގެ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވާކަމަށް ވެއެވެ.

އެރަށު މީހަކު ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ 4 މައްސަލައެއް މިހާތަނަށް ކޮލަމާފުށިން ރިޕޯޓުކޮށްފައިވީނަމަވެސް އެ އެއްވެސް މައްސަލައެއް މިހާތަނަށް އައިއިރުވެސް ބަލާފައި ނުވާކަމަށެވެ. އެހެންކަމުން މުޒާހަރާގެ ބައިވެރިން ފާޅުކުރަމުން ދަނީ އެކަމުގެ ކަންބޮޑުވުންކަމަށްވެސް އޭނާ ބުނެއެވެ.

މިވަގުތު މުޒާހަރާ ކުރިއަށް ދަނީ ކައުންސިލް އޮފީސް ކުރިމަތީގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!