IruOnline

ލޮކްޑައުންވެގެން މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ޖެންޑާ މިނިސްޓަރުގެ ޝުކުރު

އާއިލާއާ ދުރުގައި, ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ މަރުކަޒު ތަކުގައި ހިދުމަތް ދިނުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހިތްވަރާއި ކެތްތެރިކަމަށް މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ތައުރީފް ކުރައްވައިފިއެވެ.

އަޟްޙާ އީދުގެ މުނާސަބަތުގައި ވީޑިއޯ މެދުވެރިކޮށް މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައި ޖެންޑާ މިނިސްޓަރު ވިދާޅުވީ، ކޮވިޑުގެ ހާލަތާ ގުޅިގެން މިނިސްޓްރީން ހިންގަމުންދާ މަރުކަޒުތަކުގައި ލޮކްޑައުންވެގެން ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު އައިޝަތު ދީދީ ވިދާޅުވީ، އެ ތަނުގައި ތިބި މުވައްޒަފުން ހުރިހާ އެންމެންގެވެސް ރައްކާތެރިކަމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އައިޝަތު ދީދީ ވަނީ އެ މުވައްޒަފުންނަށް ހާއްސަ ޝުކުުރެއް އަދާކުރައްވާފައެވެ.

ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ މަރުކަޒުތަކުގެ ތެރޭގައި ވިލިމާލެގައި ހުންނަ ކުޑަކުދިންގެ ހިޔާ، ހުޅުމާލޭގައި ހުންނަ ފިޔަވަތި، ހިންމަފުށީގައި ހުންނަ ނެޝަނަލް ޑްރަގް އެޖެންސީގެ އިތުރުން ގުރައިދޫގައި ހުންނަ އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ ފިތުރު އީދާ ހިލާފަށް މި އަހަރުގެ އީދުގައި ކުޑަކުދިންނަށާއި އެ ކުދިން އާއިލާގެ މެމްބަރުންނަށް ބޭރަށް ނިކުމުގެ ކުޑަ ފުރުސަތެއްވެސް ލިބުނީ، ކުދިންނާއި އެކުދިންގެ އާއިލާތަކުން ކިޔަމަންތެރިކަމާއި އެކު އިރުޝާދުތަކާއި އެއް ގޮތަށް އަމަލުކުރުމުން ކަމަށެވެ.

ޖެންޑަރ މިނިސްޓަރ ވަނީ ހުރިހާ ކުޑަކުދިންގެ އާއިލާތަކުން ކަމަކަށް އެދިވަޑައިގެންފައެވެ. އެއީ އީދުގެ އުފާފާޅުކުރަން ބޭރަށް ނިކުތުމުގެ ފުރުސަތު ލިބުނު ކަމުގައިވިޔަސް ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށާއި، ބޭރުގައި އުޅޭއިރު ތިން ފޫޓްގެ ދުރުމިނެއް ބެހެއްޓުމަށާއި މާސްކު އެޅުމުގެ އިތުރުން ސާފުތާރިހު ކަމަށް ސަމާލުކަން ދިނުމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!