IruOnline

ޙައްޖާޖީން މަދުވުމުން ހައްޖާޖީންނަށް އެކިއެކި ޚިދުމަތްދޭ ވިޔަފާރިތަކަށްވެސް ވަރަށް ބޮޑަށް އަސަރުކޮށްފި

ކޯވިޑްގެ ސަބަބުން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބުނު މީހުންގެ އަދަދު މަދުވުމުން، ހައްޖާޖީންނަށް އެކިއެކި ޚިދުމަތްދޭ ވިޔަފާރިތަކަށްވެސް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ.

ޙައްޖާޖީންނަށް އެކި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ބުނިގޮތުގައި، މިފަހަރުގެ ހައްޖު މޫސުމުގައި އެފަރާތްތަކުގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ހައްޖު މޫސުމުގައި ޓެކްސީގެ ޚިދުމަތްދޭ ފަރާތްތަކަށް ބާރުބޮޑުއިރު، މިފަހަރު އެމީހުންގެ ވިޔަފާރިތައް ވަނީ އަޑި އަޅާލާފައެވެ. އެކަމުގެ ސަބަބުން ޓެކްސީ ކުރާ ފަރާތްތަކަށް އާމްދަނީ ލިބޭނެ ދޮރުތައް ވަނީ ބަންދުވެފައެވެ. އެހެން ނޫންނަމަ ހައްޖު މޫސުމުގައި ލިބޭ އާމްދަނީން މުޅި އަހަރު އެމީހުން ހިފަހައްޓާކަމަށް އެފަރާތްތަކުން ބުނެއެވެ. އެހެންނަމަވެސް މިފަހަރު މުވައްޒަފުންނަށް މުސާރަ ދޭނެ ވަރުގެ އާމްދަނީއެއްވެސް އެމީހުންނަށް ނުލިބެއެވެ.

ޓެކްސީ ވިޔަފާރީގެ އިތުރުން ޙައްޖާޖީންނަށް ބޭނުންވާ ކާނާ ފޯރުކޮށްދިނުމަކީވެސް ހައްޖު މޫސުމުގެ ވިޔަފާރިއެކެވެ. ހައްޖާޖީންނަށް ކާންދިނުމަށް ބޭނުންވާ އެކި ވައްތަރުގެ އެއްގަމު މަސް ފޯރުކޮށްދޭ ފަރާތްތަކަށްވެސް ވަނީ މިފަހަރު އާމްދަނީ ލިބޭ ދޮރުތައް ބަންދުވެފައެވެ. އެގޮތުން ކެންޔާފަދަ ޤައުމުތަކުން ގިނަ އަދަދެއްގެ މަސް ސަޢުދީއަށް އެތެރެކުރާއިރު، މިފަހަރު އެވިޔަފާރިތަކަށްވެސް އެހެން ގޮތްތައް ހޯދަން ވަނީ މަޖުބޫރުވެފައެވެ.

ހައްޖުގެ އަޅުކަމަށް މީހުން ފޮނުވާ ގުރޫޕްތަކަށްވެސް މިފަހަރު އޮތީ ގެއްލުމެވެ. އެތައް ހާހަކުން ހައްޖަށް މީހުން ފޮނުވާ ގްރޫޕްތަކަށް މިފަހަރު ހައްޖަށް މީހުން ފޮނުވޭ ގޮތް ނުވުމުގެ ސަބަބުން އެކުންފުނިތަކަށްވެސް ދަނީ ގެއްލުން ކުރިމަތިވަމުންނެވެ. މިކަމުގެ ސަބަބުން ބައެއް ކުންފުނިތަކަށް ދަނީ މުވައްޒަފުން މަދުކުރުމުންނެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ މީހުންގެ އަދަދު މަދުވުމުން، މައްކާއާއި މަދީނާއަށް އެހެން ހައްޖު މޫސުންތަކުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު، މިފަހަރު އާމްދަނީ ވަރަށް ބޮޑަށް ދަށްވާނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!