IruOnline

ގޭތެރެ ސާފުކުރުމަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ކަމެއްކަން އެނގޭތަ؟

ގޭތެރެ ސާފުކުރުމަކީ އެއްބައި މީހުންނަށް ވަރަށް ބޮޑު ކަންތައް ގަނޑެކެވެ. އެކަމަކު އެއީ ތި ހީކުރާވަރުގެ “ފޫހި” ކަމެއް ނޫނެވެ. ސްޕާ އަކަށް ގޮސްގެން މީހާގެ ސިކުނޑިއަށް އަންނަ ފަދަ ލުއިކަމެއް، ގޭތެރެ ސާފުކޮށްގެން އަންނަ ކަން އެނގޭ ހެއްޔެވެ؟

ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި، ގޭތެރެ ސާފުކުރުމަކީ އެންޒައިޓީ އާއި ސްޓްރެސް އިން ދުރުކޮށްދޭ ކަމެކެވެ. މި ދިރާސާގެ ރިޕޯޓުގައި ބުނަނީ، ތަރުތީބު ގެއްލި ހަޑިވެފައި ހުންނަ މާހައުލެއްގައި ދިރިއުޅުމަކީ، ސްޓްރެސް ހޯމޯނެއް ކަމަށްވާ ކޯޓިސޯލް އިތުރުވާ ކަމެއް ކަމަށެވެ. އެހެންކަމުން، ގޭތެރެ ސާފުކޮށްގެން އެކަމުން ދުރުވެވިދާނެއެވެ.

1. ސިކުނޑީގައި ހުންނަ އެންޑޯފިންސް މާއްދާ ބޭރުކޮށް، އުފާވެރިކަން ގެނުވުން

2. ގޭތެރެ ސާފުރުކުމަކީ ރަނގަޅު ކަސްރަތެއްވެސްމެ. މިއީ ކެލޮރީޒް ވިރުވައިލަން ރަނގަޅު ކަސްރަތެއް

3. އަމިއްލަ ދިރިއުޅޭ ތަން އަމިއްލައަށް ތަރުތީބު ކުރުމުން ސިކުނޑިއަށް ހިތްހަމަޖެހުން ގެނުވާ

4. ގޭތެރޭގައި ހަރުލާފައި ހުންނަ ވަހަކީ މީހާގެ ނަފްސާނީ ދުޅަހެޔޮކަމާ ވަރަށް ބޮޑަށް ގުޅިފައި ހުންނަ އެއްޗެއް. އެހެންކަމުން، ގޭތެރެއިން މީރު ވަހެއް ދުވާނަމަ މީހާގެ ސިކުނޑި ތާޒާކޮށްދީ އުފާވެރިކަން ގެނުވަދޭ

5. ގޭތެރެ ތަރުތީބުކޮށް އޮތުމުން އަރާމުގައި ނިދައިލެވޭ. ސަބަބަކީ، ތަރުތީބުކޮށް ހުންނަ ތަނަކުން އުފައްދާ ޕޮޒިޓިވް ހަކަތަ މާ ގިނަވޭ އަދި ނިދަން ފަސޭހަކޮށްދޭ

6. އެއްވެސް ތަރުތީބެއް ނެތް ގެއެއްގައި އުޅޭއިރު މީހާގެ ސަމާލުކަން ހުންނާނީ އެކި ކަންކަމަށް. އެކަމަކު ސާފުތާހިރު ތަނެއްގައި އުޅޭނަމަ، މުހިއްމު ކަންކަމަށް ސަމާލުކަން ދެވޭލެއް ފަސޭހަވާނެ.

7. ގޭތެރެ ސާފުކޮށްލެވުމުން ކާމިޔާބީގެ އިހުސާސްކުރެވޭ. އަދި އިތުރު ފައިދާހުރި ކަންކަން ކުރުމަށް ހިތްވަރު ލިބި، މީހާގެ ދިރިއުޅުން ރަނގަޅު އަމާޒަކަށް ގެންދިޔުމަށްވެސް ހިތްވަރު ލިބިގެންދޭ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!