IruOnline
ފޮޓޯ؛ އަވަސް

މާސްކް ނާޅާ ބޭރުގައި އުޅޭ މީހުން 1000 ރުފިޔާއިން ޖޫރިމަނާ ކުރަނީ

އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާސްކް ނާޅާ ބޭރުގައި އުޅޭ މީހުން 1000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމާފައި ވާ ކަމަށް އެޗްއިއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނެޝަނަލް ޓާސްކްފޯހާއެކު ބޭއްވި ބައްދަލު ވުމެއްގަ އެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިރެއިން ފެށިގެން ބޭރުގައި އުޅޭއިރު މާސްކު އަޅަން މަޖުބޫރުވާނެ ކަމަށާ މާސްކު ނާޅާ އުޅޭ މީހުން ފުލުހުން ހުއްޓުވާނެ ކަމަށެވެ. އަދި އަންނަ ހޮނިހިރުން ދުވަހުން ފެށިގެން މާސްކު ނާޅާ ބޭރުގައި އުޅޭ މީހުން ޖޫރިމަނާ ކުރާނެ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. ޖޫރިމަނާ ކުރާނީ 1،000 ރުފިޔާއިންނެވެ.

“މިރެއިން ފެށިގެން ޕޮލިހުން ބައްލަވަމުން ގެންދަވާނެ އާންމު ތަންތަނުގައި މާސްކު އަޅައިގެންތޯ އުޅެނީ. އަދި ހޮނިހިރު ދުވަހުން ފެށިގެން މާސްކު ނާޅާ އުޅޭ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ، އެއްހާސް ރުފިޔާއިން ޖޫރިމަނާ ކުރެވިގެންދާނެ،” ނަޒްލާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!