IruOnline

އޮގަސްޓް މަހު ކޮންމެ ދުވަހަކު 170 މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާކުރެވޭ: ޑރ. ޝީނާ

އޮގަސްޓް މަހު ދުވާލަކަށް 170 އެއްހާ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވުން އެކަށީގެންވާ ކަމަށް ޑޮކްޓަރު ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

މީރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ މިހާރު ޕޮޒިޓިވްވާ ގޮތަށް މީހުން ޕޮޒިޓިވްވަމުން ދާނަމަ ކުރިއަށް އޮތް މަހުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަ ށެވެ. 

އެގޮތުން އޮގަސްޓަމަހު ދުވާލަކަށް 170 އެއްހާ މީހުން ޕޮޒިޓިވްވުން އެކަށީގެންވާ ކަމަށާއި އެހެން ނަމަވެސް ބައެއް ދުވަސް ތަކުގައި އެއަށް ވުރެ އިތުރަށް އަދި ބައެއް ދުވަސްތަކުގައި މި އަދަދަށް ވުރެ މަދުން މީހުން ބައްޔަށް ޕޮޒިޓިވްވުން އެކަށީގެންވާ ކަމަށެވެ. އަދި އޮގަސްޓް މަހު ޖުމްލަ 2373 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ 47 މީހުންނަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ ކަމަށް ޑޮކްޓަރު ޝީނާ ވަނީ އަންދާޒާ ކޮށްފަ އެވެ. 

އޭގެ އިތުރުން އޮގަސްޓް މަހުގެ ތެރޭގައި 475 މީހުން ބައްޔަށް ފަރުވާދިނުމަށް ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހިދާނެ ކަމަށް ވެސް ޑޮކްޓަރު ޝީނާ ލަފާކުރެ އެވެ. އެއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 16 މީހުންނެވެ.

ޑޮކްޓަރު ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އުސޫލުތަކާއި އެއްގޮތަށް ރަނގަޅަށް އަމަލުކުރެވިއްޖެ ނަމަ މި ނަންބަރުތައް މަދު ކޮށް ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!