IruOnline

ގަވައިދާ ހިލާފަށް ހުރި އިތުރު 50 ތަނެއް ބަންދުކޮށްފި

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގައި ކޮވިޑް-19 އާއި ގުޅިގެން ހަދާފައިވާ އުސޫލުތަކަށް ނުފެތޭ 50 ތަނެއް ބަންދުކޮށްފި އެވެ.

އިއްޔެވެސް 27 ތަނެއް ވަނީ ބަންދުކޮށްފައެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއަދުގެ އިންސްޕެކްޝަންގައި 99 ތަނެެއް އިންސްޕެކްޓްކޮށްފައިވާ ކަމަށެވެ. އެއީ ކާބޯތަކެތީގެ ހިދުމަތްދޭ 44 ތަނަކާއި 49 ފިހާރައެއްގެ އިތުރުން ފަސް ސެލޫނެކެވެ.

އޭގެ ތެރެއިން 50 ތަނެއް ވަނީ ބަންދުކޮށްފައެވެ. އެ ތަންތަން ބަންދުކޮށްފައިވަނީ މިންގަނޑުތަކާއި ހިލާފަށް ހިންގަމުންދާތީއެވެ. ބަންދުކޮށްފައިވަނީ ހަތަރު ސެލޫންއާއި ކާބޯތަކެތީގެ ހިދުމަތްދޭ 22 ތަނެއްގެ އިތުރުން 24 ފިހާރައެވެ.

އިއްޔެ ބަންދުުކުރި 27 ތަނުގެ ތެރެއިން 26 ތަނެއް މިހާރު ހުޅުވަން ހުއްދަ ދީފައިވާ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

“އަޅުގަނޑުމެންވެސް ވިޔަފާރިތައް ހުއްޓުވަން ބޭނުމެއް ނޫނެއް. ވިޔަފާރިތައް ހިންގައިގެން އިގްތިސާދު ކުރިއަށްދާނީ. ނަމަވެސް އާ އާންމު ހާލަތުގައި ވިޔަފާރިތައް ކުރިއަށް ގެންދަންޖެހޭނީ އުސޫލުތަކުގެ ތެރެއިން،”

ނަޒްލާ ވިދާޅުވީ މާދަމާވެސް އިންސްޕެކްޝަންގެ ކުރިއަށްދާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!