IruOnline

ޗައިނާގައި އަނެއްކާވެސް ކޮވިޑް-19 ޖެހޭ މީހުން އިތުރުވާން ފަށައިފި

ޗައިނާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް މައްޗަށްދާން ފަށައިފި އެވެ.

އަންގާރަ ދުވަހު އެގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ތިން މަސް ދުވަސް ފަހުން އެ ގައުމުގައި އެއް ދުވަހާ އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ވަނީ ރިޕޯޓްކޮށްފައެވެ. އެއީ 101 މީހުންނެވެ. ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ ބުދަ ދުވަހު 105 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށެވެ.

ބުދަ ދުވަހު ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން 96 މީހުންނަކީ އެގައުމުގެ ހުޅަނގު ޝިންޖިއަންގ ގައި ދިރިއުޅޭ މީހުންނެވެ. އަންގާރަ ދުވަހު އެ ސަރަހައްދުން 89 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ.

ވައިރަސް ހަށިގަނޑުގައި ހުރިކަމުގެ ނިޝާނެއް ނުފެނި 21 މީހަކު ވަނީ ބުދަ ދުވަހު އެ ގައުމުން ފެނިފައެވެ.

ބުދަ ދުވަހާ ހަމައަށް ޗައިނާއިން 84,165 މީހުންނަށް ކޮވިޑް-19 ވަނީ ޖެހިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!