IruOnline

ބޭރުތެރޭގައި އުޅޭއިރު މިހާރު މާސްކު އެޅުން މަޖުބޫރު

މާލޭގައި ކޮވިޑް-19 ގެ ކޭސްތައް ފާއިތުވި ދެ ހަފްތާ ތެރޭގައި އިތުރުވަމުންދާތީ އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުން މިހާރު މަޖުބޫރު ކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބައިވެރިވެވަޑައިގެންނެވި ނޭޝަނަލް ޓާސްކް ފޯސް މީޓިންގ އަށް ފަހު ރައީސް އޮފީހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އަލުން ލޮކްޑައުންއަކަށް ދިޔުމަކީ ހުރިހާ ރައްޔިތުން އެންމެ ބޭނުންވާ ގޮތް ނޫންކަމަށެވެ. އެހެންކަމުން ބޭރުތެރޭގައި އުޅޭއިރު މާސްކު އެޅުމަށާއި ތަންތަނަށް ދިޔުން މަދުކުރުމަށް އަދި ބައްދަލުވާ މީހުންގެ އަދަދު މަދުކުރުމަށް ވަނީ ބުނެފަ އެވެ.

މާސްކު އެޅުން މަޖުބޫރު ކުރުމަށް ސަރުކާރުން ނިންމާފައިމިވަނީ އެކަމަށް އެތައް ބަޔަކު ގޮވާލަމުން ދަނިކޮށެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 983 މީހުން އެބަތިބި އެވެ. މުޅި ޖުމްލަ 3568 މީހުންނަށް ވަނީ ކޮވިޑް-19 އަށް ރާއްޖޭގައި ޕޮޒިޓިވްވެފަ އެވެ. އަދި 16 މީހުން ވަނީ މިހާތަނަށް އައިއިރު ނިޔާވެފަ އެވެ.

  1. މިކަންކުރަން ވިސްނުނީތީވެސް ޝުކުރުކުރަން. މަގުމަތީގައި ހީވަނީ އެހެންފަދަކަމެއްހެން.

    1
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!