IruOnline

ލީޑަރު ހުންނަ ތަނަށްވުރެ ލީޑަރު ކަނޑައެޅޭ ގޮތް އެނގުން މުހިންމު: ނަޝީދު

ސިޔާސީ އިދިކޮޅު ލީޑަރު ހުންނަވާ ތަނަކަށްވުރެ އިދިކޮޅު ލީޑަރު ކަނޑައެޅޭ ގޮތް އެނގިގެން ދިއުމަކީ މުހިއްމު ކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގައުމުގެ އެންމެ މަތީ މަސްލަޙަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް ގޮވާލައްވައިފަ އެވެ.

އެކަމަށް ނަޝީދު ތާއީދުކުރައްވައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ އިންތިޒާމްގައި ވާދަވެރި ޕާޓީތައް މިހާރަށް ވުރެ ބޮޑަށް ބައިވެރިވުމަށް ރައީސް ސޯލިހު ކުރެއްވި އިލްތިމާސްއަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިހްލާސްތެރި ވާދަވެރި ލީޑަރު ކަނޑައެޅުމަކީ ވާދަވެރިންގެ ކަމެއް ކަމަށާއި ވާދަވެރިންނަކީ ކޮބައިކަން ވާދަވެރިންނަށް އެނގި، އަދި އެ ވާދަވެރިންގެ ތެރެއިން ލީޑަރެއް ކަނޑައެޅޭގޮތް ރައްޔިތުންނަށް ސާފުވުން މުހިންމު ކަމަށެވެ.

“ލީޑަރު ހުންނަވާ ތަނަށްވުރެ، ލީޑަރު ކަނޑައެޅޭ ގޮތް އެނގުން މުހިންމު،” ނަޝީދު ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!