IruOnline

އޭސް ޓްރެވެލްސްގެ ފަރާތުން 900 ބިދޭސީން ފުރުވާލައިފި

އިމިގްރޭޝަންގެ އެހީތެރި ކަމާއިއެކު އޭސް ޓްރެވެލްސްގެ ފަރާތުން ހާހެއްހާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައި ވާކަމަށް އެ ކުންފުނިން ބުނެފި އެވެ.

އޭސް އޭވިއޭޝަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ އިމިގްރޭޝަންގެ އެހީތެރިކަމާއެކު ފާއިތުވި 10 ދުވަހު ސްރީލަންކަން އެއާލައިންސްގެ ފަސް ފްލައިޓެއްގައި ބަންގްލަދޭޝްގެ 935 މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާއި އެނބުރި ގައުމަށް ދާން ބޭނުންވާ އެ ގައުމުގެ ރައްޔިތުން ފޮނުވާލުމަށް ސަރުކާރުން ދަނީ ފްލައިޓުތައް ބާއްވަމުންނެވެ. އެގޮތުން މިހާތަނަށް 4000 އަށް ވުރެ ގިނަ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!