IruOnline

ޙައްޖުވެރިން އަރަފާތު ބިމަށް ހިނގައްޖެ

 މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ ހައްޖުވެރިން ހައްޖުގެ އެންމެމަތީ ރުކުން އަދާކުރުމަށް ޓަކައި އަރަފާތު ނުވަތަ އަރަފާގެ ބިމަށް މިއަދު ޖަމާވެއްޖެ އެވެ.

ޢަރަފާތުގެ ބިމުގައިވާ މަސްޖިދުއްނަމިރާގައި މިއަދު މެންދުރު ނަމާދަށް ފަހު ހައްޖު ހުތުބާ ދިނުން އޮންނާނެއެވެ.

އަދި މިއަދުގެ އިރު އޮއްސުމާ އެކު އަރަފާތު ބިމުން ހައްޖުވެރިން ފައިބާނެއިރު، ދެން ހައްޖުވެރިން ދާނީ މުޒްދަލިފާއަށެވެ. އަދި މާދަމާ ހެނދުނުން ފެށިގެން ޖަމްރާ އަށް ހިލަ އުކުން އޮންނާނެއެވެ.

ހައްޖުގެ އެންމެ މުހިންމު ފަރުޟަކީ އަރަފާތަށް ދިއުމެވެ. އަރަފާތު ބިމުގައި އަޅުކަމުގަ އާއި ގުރުއާން ކިޔެވުމާއި ދުއާ ކުރުމުގައި މުޅި ދުވަސް ހޭދަކުރެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!