IruOnline

ރަށްރަށަށް ދާން 9000 މީހަކު ހުށަހަޅާފައި ވޭ: އަމީން

މާލެއިން ރަށްރަށަށް ދާން 9000 މީހުން ހުށަހަޅާފައިވާ ކަމަށާއި މިއީ ޗުއްޓީއަށް ދާންވީ ވަގުތު ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ “ފަލަސުރުހީ” ޕްރޮގްރާމުގައި މިނިސްޓަރު އަމީން ވިދާޅުވީ މިހާތަނަށް މާލެ އިން ރަށްރަށަށް ދާން 9000 މީހުން ހުށަހަޅާފައިވާ ކަމަށާއި ހުރިހާ ފަރާތްތަކުންވެސް ހުށަހަޅާފައިވަނި އެކި ކަންކަމުގައި ރަށްރަށަށް ދިއުމަށް ކަމަށެވެ.

“އަތޮޅުތަކަށް ދިއުމަށް އަޅުގަނޑުމެން ފުރުސަތު ހުޅުވާލީމަވެސް، އަޅުގަނޑު މިއަދު ހެނދުނު މައުލޫމާތު ބެލިއިރު، ގާތްގަނޑަކަށް 9000 މީހުން އެޕްލައި ކޮށްފައި އެބަތިބި އަތޮޅު ތެރެއަށް ދާން. 9000 އެއްހާ މީހުން އެކި ކަންކަމުގައި ދާން އެޕްލައިކޮށްފަ އެބަތިބި،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރު ކަމުގައި ވީނަމަވެސް ޗުއްޓީގެ ގޮތުގައި ކުރިން އުޅޭހެން ކުޅިވަރު ކުޅުމާއި މީހުން ރަށްރަށަށް ގޮސް ހަރަކާތްތައް ހިންގަމުށް ދާނަމަ އެތައް މަހެއް ވާންދެން ގޭ ބަންދުގައި ތިބި ތިބުމުގެ އެއްވެސް ފައިދާއެއް ނުފެނި ހިނގައިދާނެ ކަމަށެވެ.

އޭގެ އިތުރުން އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރުމަށާއި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ވެސް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!