IruOnline

އެމްއެމްޕީއާރުސީގެ ފައިސާއެއް ލިބިފައެއް ނުވޭ: ޑރ. ދީދީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހިންގި ބޮޑު ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައި ނުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އިއްޔެ ވިދާޅުވެއްޖެއެވެ.

ޑީޑީ މިހެން ވިދާޅުވީ ކުރީގެ އުއްތަމަ ފަނޑިޔާރެއްގެ ތުންފަތުގެ އޮޕަރޭޝަނެއް ކުރުމަށް، އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ރާއްޖެއެމްވީ ނޫހުގައި ލިޔެފައިވާ ހަބަރާއި ގުޅިގެންނެވެ.

އެގޮތުން އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތަހުގީގުގައި މަސައްކަތް ކުރައްވާ ބޭފުޅަކާ ހަވާލާދީ ރާއްޖެއެމްވީގައި ބުނެފައިވަނީ ޚިޔާނާތުގެ ފައިސާ، ލޯންޑަރ ކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވިފައިވާ މީހެއްގެ ހަވާލުގައި ކުރީގެ އުއްތަމަ ފަނޑިޔާރަކަށް ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ ދީފައިވާ ކަމަށެވެ. ނަމަވެސް އެ ހަބަރުގައި ފައިސާ ލިބުނު އުއްތަމަ ފަނޑިޔާރުގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޑީޑީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާއެއް އެއްވެސް ސިފައެއްގައި ލިބިވަޑައިގެންފައި ނުވާ ކަމަށާއި އަދި އެއްވެސް ކަހަލަ ސާޖަރީއެއް މިހާތަނަށް ހަދަން ޖެހިފައި ނުވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!