IruOnline

ގެފުޅުގެ ކިސްވާ ބަދަލުކޮށްފި

މުސްލިމުންގެ ޤިބްލަ ކަމުގައިވާ މާތްވެގެންވާ ކަޢުބަތުﷲ ގެފުޅުގެ ވަށައިގެން ލެވިފައިވާ ކަޅު އުރަކޮޅު ނުވަތަ ކިސްވާ އާ ކޮށްފިއެވެ.

ކޮންމެ އަހަރަކުވެސް ޖުލް ހިއްޖައިގެ ނުވަވަނަ ދުވަހު ގެފުޅުގެ އުރަކޮޅު ބަދަލުކުރާއިރު ގެފުޅުގައި އާ އުރަކޮޅު އަޅުވާފައިވަނީ ރޭގެ ވަގުތެއްގައެވެ.

ސައުދީގެ ސަލްމާން ރަސްގެފާނުގެ ފަރާތްޕުޅުން، މައްކާގެ ޕްރިންސް އަމީރު ޚާލިދު އަލް-ފައިސަލް ކިސްވާ، ހަވާލު ކުރައްވާފައިވަނީ ގެފުޅުގެ އިސް ބެލެހެއްޓުން ތެރިޔާ ސޯލިހު ބިން ޒައިން އަލް-އާބިދީން އަލް-ޝައިބީއާއި އެވެ.

ގެފުޅުގެ ވަށައިގެންވާ ކިސްވާ ތައްޔާރު ކުރުމަށްޓަކައި 670 ކިލޯގެ ފަށުވި، 120 ކިލޯގެ ރަން އަދި 100 ކިލޯގްރާމްގެ ރިހި ބޭނުންކޮށްފައިވެއެވެ. 21 މެޝިނެއްގެ ބޭނުންކޮށްގެން ކިސްވާގެ ފަރުމާގެ މަސައްކަތްތައް ނިންމާލާފައިވަނީ 200 އެއްހާ މީހުންގެ ޓީމަކުންނެވެ. ކިސްވާގެ ބަރުދަނުގައި 1150 ކިލޯގްރާމް ހުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!