IruOnline

ދެކުނުގެ ބައެއް ރަށްތަކަށް ވިއްސާރަ އާއި އެކު ގުގުރުން އެކަށީގެންވޭ: މެޓް

ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް ވިއްސާރަ އާއި އެކު ގުގުރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ އެންމެ ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާ ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ވިއްސާރަ އާއި އެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ. 

ހުޅަނގުދެކުނާއި ހުޅަނގުން ގަޑި އަކު 13 މޭލާއި 23 މޭލާ ދެދެމު ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑި އަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. 

މެޓް އޮފީހުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ރާޅުގަނޑު ގައި ތިން ފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!