IruOnline

އޭއެފްސީ މުބާރާތް ބޭއްވުމަށް މަޝްވަރާ ކޮށްފި

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ ހުރިހާ މެޗުތައް ކުޅެވޭނެ ގޮތަކާ މެދު ކުޅިވަރު މިނިސްޓްރީ އާއި އެފްއޭއެމްއިން އެޗްޕީއޭއާ އެކު މަޝްވަރާ ކޮށްފި އެވެ.

އޭއެފްސީން މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓް ކުރުމަށް ހުޅުވާލި ފުރުސަތާ އެކު ރާއްޖެއިން ބިޑު ކާމިޔާބު ކުރީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އެފަދަ ބޮޑު މުބާރާތަކަށް ތައްޔާރުވާން ރާއްޖެއިން ގިނަ ކަންތައްތަކެއް ކުރަން ޖެހިފައި އޮތް އިރު ކޮވިޑް-19 އާއި ގުޅިގެން މިހާރު މިއޮތް ހާލަތުގެ ސަބަބުން މުބާރާތް ކުރިއަށް ގެންދިއުމަށް ކުރަން ޖެހޭ ކަންތައްތަކާ މެދު އިއްޔެ ވަނީ އެފްއޭއެމްއިން ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފަ އެވެ.

މި ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް އާއި، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އިތުރުން އެފްއޭއެމްގެ ޖެނެރަލް ސެކެއްޓަރީ ހުސައިން ޖަވާޒްގެ އަދި އެ އިދާރައިގެ އެކްސްކޯ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!