IruOnline

ރިއާ ގެއްލިއްޖެ

މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖުޕުތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ނުފެނިގެން ހޯދަމުންދާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ސުޝާންތުގެ މަރާއި ގުޅިގެން ބައްޕަ ކޭކޭ ސިންގް ވަނީ ސުޝާންތުގެ އުފަން ސިޓީ ޕަޓްނާގެ ފުލުސް އޮފީހަށް ރިއާ އާއި ދެކޮޅަށް އެފް.އައި.އާރް އެއް މިދިޔަ އާދިއްތަ ދުވަހު ހުށަހަޅާފައިއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އޭނާގެ ބެއިލްއަށް ކޯޓަށް ހާޒިރުކުރުމަށް އޭނާ ދިރިއުޅޭ ގެ ބެލިއިރު އޭނާ ފެނިފައެއް ނުވެއެވެ. ބައެއް ނޫސްތަކުން ބުނާ ގޮތުގއި ބޮޑަށް ބެލެވެނީ އޭނާގެ ވަކީލު އޭނާ ކޯޓަށް ހާޒިރު ނުކުރުމަށް ފޮރުވީކަމަށެވެ.

ބައްޕަ ކޭކޭ ސިންގް ބިހާރް ޕޮލިސްއަށް ހުށަހަޅާފައިވާ ކޭސް އާއި ގުޅިގެން ބިހާރް ޕޮލިސް އިން ވަނީ މުމްބާއިގެ ކްރައިމް ބްރާންޗަށް އެ ކޭސްއާއި ގުޅޭ ލިޔެކިޔުންތައް ހަވާލުކުރަން އެދިފައެވެ.

ރިއާ މިހާރު ވަނީ އެ ކޭސް ބިހާރް ޕޮލިސްއިން ނަގައި މުމްބާއި ޕޮލިސްއާއި ހަވާލުކުރުމަށް އެދި ސުޕްރީމް ކޯޓަށްވެސް މައްސަލަ ހުށަހަޅާފައެވެ.

ރިއާއާ ދެކޮޅަށް ސުޝާންތުގެ ބައްޕަ ހުށަހަޅާފައިވާ މައްސަލައިގައި، ރިއާ ސުޝާންތައް އަމިއްލައަށް މަރުވުމަށް ހިތްވަރު ދިނުމާއި، ސުޝާންތުގެ ފައިސާއަށް މަކަރު ހެދުމާއި އޭނާއަށް ނުބައި ޑިޕްރެޝަން ބޭސް ތަކެއް ދިނުން، އަދި މި ނޫން ވެސް ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!