IruOnline

ފުލުހަށް ދިޔައީ އެކުގައި ނޫޅެވިގެން މައްސަލަ ހުށައަޅަން، އެކަމަކު ފިިރިމީހާކީ ލަވައިގެ އަސަރުގައި ޖެހި އެންމެ ފަހުން ސުލްހަ ވެއްޖެ

އިންޑިއާއަކީ ތަފާތު އާދަޔާ ހިލާފަ ގިނަ ކަންތަށްތަކެއް މީހުން ކުރާ ޤައުމެކެވެ. ދާދި ފަހުން އިންޑިއާގެ ފިރިހެނަކު މިވަނީ އޭނާގެ އަންހެނުން ރުއްސުމަށްޓަކައި ޕޮލިސްޓޭޝަންގައި ލޯބީގެ ލަވައެއްކިޔާފައެވެ.

މިކަން ހިގާފައިވަނީ އިންޑިއާގެ ޖާނސީ ޕޮލިސް ސްޓޭޝަންގައެވެ. ލޯތްބަކީ ބާރުގަދަ އެއްޗެއްކަން ފާހަގަކުރަމުން އައިޕީއެސް އޮފިސަރ މަދޫރު ވަރުމާ އެދެމަފިރންގެ ވީޑިއޯ ޓްވިޓާގައި ހިއްސާކުރަމުން ވަނީ ކަން ހިގާދިޔަގޮތްވެސް ކިޔައިދީފައެވެ.

އެނާގެ ގެ ޓްވީޓްގައި ބުނާގޮތުން މީގެ ދެތިން މަސްކުރިން އަނހެންމީހާ ފިރިމީހާއާއި ދެކޮޅަށް ޕޮލިހުގައި މައްސަލައެއް ފައިލްކުރިއެވެ. އެމައްސަލައިގައި އެމަފިރިން ޕޮލިސްޓޭޝަނަށް ހާޒިރުކުރުމުން ފިރިމީހާވަނީ ލޯބީގެ ލަވައަކުން މައްސަލަ ހައްލުކޮއްފައެވެ.

މި ވީޑިއޯގައި ފެންނަނީ އެ ފިރިހެން މީހާ ޕޮލިސް ސްޓޭޝަނަށް ގެނައުމާއެކު އާތިފް އަސްލަމްގެ ލޯބީގެ ލަވައެއް ކިޔާ މަންޒަރެވެ. ލަވަފެށުމާއެކު އަބިމީހާގެ މޫނުމައްޗަށް ހިނިތުންވުން ވެރިވެގެންދެއެވެ. އަދި އެދެމީހުންގެ ދޭތެރޭގައި އުފެދިފައިވާ ހަމަނުޖެހުން މުޅިން ނެތިގޮސް ލޯބި އާލާވާ މަންޒަރު ސާފުކޮށް ފެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!