IruOnline

އަންކިތާ މާނަފުން ޕޯސްޓެއް ކޮށްފި

ސުޝާންތު ސިންގު ރާޖުޕުތުގެ ކުއްލި މަރާ ގުޅިގެން މިއަދުވެސް ދެކެވޭ އެތަށް ވާޙަކަތަކެއް އެބަހުއްޓެވެ. އެއީ އަމިއްލައަށް މަރުވި މަރުވުމެއް ނޫންކަމަށް އެތަށްބަޔަކު ދައުވާ ކުރަމުން ދާއިރު ސުޝާންތު ބައްޕަވަނީ ދާދި ފަހުން ސުޝާންތު ސިންގު ރާޖުޕުތު ރައްޓެހިވެގެން އުޅުނުކަމަށްބުނާ ރިއާ ޗަކްރޮބަތީ އާއި ދެކޮޅަށް ޕޮލިހުގައި މައްސަލަ ޖައްސާފައެވެ.

ޖުލައި މަހުގެ 27 ވަނަ ދުވަހު ޕަޓްނާގައި ހުންނަ ރަޖިވް ނަގަރު ޕޮލިސްޓޭޝަންގައި ފައިލްކުރެވިފައިވާ މި މައްސަލައިގައި ސުޝާންތުގެ މަރުގެ ފަހަތުގައި ރިއާގެ އަތެއް ވާކަމަށް ސުޝާންތުގެ ބައްފަވަނީ ތުހުމަތުކޮއްފައެވެ.

މިގޮތަށް މި މައްސަލަ ހުށައަޅާފައިވަނިކޮށް ސުޝާންތު ސިންގު ރާޖުޕުތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޮކަންޑޭ އޭނާގެ އިންސްޓަގުރާމްގައިވަނީ ” ޓްރޫތް ވިންސް” މިގޮތަށް ލިޔެ ޕޯސްޓެއް ޝެއާ ކޮއްފައެވެ.

ބެލެވޭ ގޮތުގައި މި ޕޯސްޓަކީ ސުޝާންތުއަށް އިންސާފު ހޯދައިދިނުމަށް ކުރެވޭ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކޮއްފައިވާ ޕޯސްޓެކެވެ.

އަންކިތާ ލޮކަންޑޭއަކީ ޕަވިތްރަ ރިޝްތާގައި ސުޝާންތުއާއިއެކު ހަރަކާތްތެރިވެފައިވާ ތަރިއެއްގެ އިތުރުން 6 އަހަރުދުވަހު ސުޝާންތުގެ ލޯބިވެރިއެއްގެ މަޤާމުގައިވެސް ހުރި މިހާރު ބޮލީވުޑުގައި ހަރަކާތްތެރިވާ އެކްޓަރެސްއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!