IruOnline

ބްލެކް އެންޑް ވައިޓް މީ މިހާރު ގެ ޗެލެންޖް ދޯ؟

އިންޓަގްރާމުގައި އަންހެނުން ބާރުވެރިކުރުމަށްޓަކައި ފަށައިގެން އުޅޭ ކެމްޕޭނެއްގެ ދަށުން ދަނީ އަންހެނުން އެމީހުންގެ އަމިއްލަ ފޮޓޯ ހުދާ ކަޅުން ހިއްސާ ކުރަމުންނެވެ.

ޗެލެންޖެއްގެ ގޮތުގައި ފަށާފައިވާ މި ކެންޕޭނުގައި ބޮލީވުޑުގެ ގިނަ ތަރިންތަކެއްވެސް ވަނީ ބައިވެރި ވެފައެވެ. އޭގެތެރޭގައި ކެތްރީނާ ކައިފް، އަނައްނިޔާ ޕާންޑޭ، ބޫމީ ޕެޑްނެކަރ ފަދަ މަޝްހޫރުތަރިން ހިމެނެއެވެ.

މި ކެމްޕޭނުގެ ދަށުން އެމީހެއްގެ އަމިއްލަ ފޮޓޯ ބުލެކް އެންޑް ވައިޓުން ޝެއަރ ކުރުމަށްފަހު އެމީހަކު ބޭނުން އެހެން މީހުނަށް ޗެލެންޖުކޮށް ޓެގްކުރެއެވެ. ކެތްރީނާ ކައިފް މި ޗެލެންޖުގައި ބައިވެރިވެ ފޮޓޯ ޝެއަރ ކުރުމަށްފަހު ބުނެފައިވަނީ އޭނާ މިކަން ކުރީ ވަށައިގެންއުޅޭ ހުރިހާ އަންހެންނުނަށް ހިއްވަރުދިނުމަށްކަމަށެވެ.

އަދި މި ޕޯސްޓުގައި ކަރީނާ ކަޕޫރު ،އަނުޝްކާ ޝަރުމާ،ފާތިމާ ސަނާ ޝެއިޙް އަދި ކެތުރިނާގެ ދައްތަ އިޒަބެއްލާ ކައިފް ޓެގްކޮއްފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!