IruOnline

ލޮކްޑައުނަށް ދިޔުމުގެ ވިސްނުމެއް ނެތް: މިނިސްޓަރ އަމީން

ރާއްޖެ އަލުން ފުރަބަންދަކަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ރާއްޖެ ޓީވީގެ “ފަލަސުރުހީ” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ލޮކްޑައުނަކަށް ވެސް އަދި ބޯޑަރު އަނެއްކާވެސް ބަންދު ކުރުމުގެ ވިސްނުމެއް މިވަގުތު ނެތް ކަމަށާއި ލޮކްޑައުނަކަށް ނުގޮސް ވެސް އިތުރު ފިޔަވަޅުތައް އެޅިދާނެ ކަމަށެވެ.

ނަމަވެސް ބަލި ފެތުރުން ވަރަށް ބޮޑަށް އިތުރުވެ ކޮންޓްރޯލް ނުވާ ހިސާބަށް ގޮސްފިނަމަ ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!