IruOnline

މާސްކު އެޅުން މަޖުބޫރު ކުރަން މަޝްވަރާ ކުރަނީ

ރާއްޖޭގައި މާސްކް އެޅުން މަޖުބޫރު ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަދައްކަވަމުން އަމީން ވިދާޅުވީ މާސްކު އެޅުން މަޖުބޫރު ނުކުރަންވީ ސަބަބެއް މިހާރު ނެތް ކަމަށާއި މާސްކް އެޅުން މަޖޫބު ކުރުމާ މެދުގައި މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އަމީން ވިދާޅުވީ ރާއްޖޭގައި މާސްކް އަޅަން މަޖުބޫރު ހާލަތަކަށް ގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ވިސްނުމުގައި ރާއްޖޭގައި ހުރިހާ ރައްޔިތުން މާސްކް އަޅަން ޖެހިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. އެކަމަކު، އެކަމާ މެދުގައި ގޮތެއް ނިންމާނީ ސިއްހީ ތަޖުރިބާކާރުންގެ ލަފާއާ އެކުގައި ކަމަށެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ލޮކްޑައުނަކަށް ވެސް އަދި ބޯޑަރު އަނެއްކާވެސް ބަންދު ކުރުމުގެ ވިސްނުމެއް މިވަގުތު ނެތް ކަމަށާއި ލޮކްޑައުނަކަށް ނުގޮސް ވެސް އިތުރު ފިޔަވަޅުތައް އެޅިދާނެ ކަމަށެވެ.

ނަމަވެސް ބަލި ފެތުރުން ވަރަށް ބޮޑަށް އިތުރުވެ ކޮންޓްރޯލް ނުވާ ހިސާބަށް ގޮސްފިނަމަ ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!