IruOnline
ފޮޓޯ: ރާއްޖެއެމްވީ

ކަރެކްޝަނުން ދެއްކި ވާހަކަތައް ރައީސް ޔާމީންގެ ވަކީލުން ދޮގުކޮށްފި

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލު ކުރެވޭނީ ވީޑިއޯ ކޮންފަރެންސްކޮށް އެކަނި ކަމަށާއި އެމަނިކުފާނާ ގާތުން ބައްދަލު ކުރެވޭނެ އިންތިޒާމެއް ނެތް ކަމަށް ކަރެކްޝަންސް އިން ބުނެފައިވާ ކަމަށް ރައީސް ޔާމީންގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ކޮވިޑް19 ގެ ސަބަބުން ކަމަށް ބުނެ މިދިޔަ މާޗު މަހުގެ ފަހުކޮޅުން ފެށިގެން ރައީސް ޔާމީންއަށް ވަކީލުންނާ ބައްދަލުކޮށް ގާނޫނީ އެހީތެރިކަން ހޯދުމުގެ ހައްގަށް ކަރެކްޝަންސް އިން ހުރަސް އަޅަމުން އަންނަ ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން މިއަދު ކަރެކްޝަންސްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ރައީސް ޔާމީނަށް ވަކީލުންގެ ބައްދަލުވުން ބާއްވަން ހުރަސް ނާޅާ ކަމަށެވެ. އަދި ކަރެކްޝަންސްއިން އިސްވެ، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނަށް 14 ޖުލައިގައި ފޮނުވި ސިޓީގައި، ބައްދަލުވުމަށް އެދުމުން، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބައްދަލުވުން ހަމަޖައްސައި ދޭނެ ކަމަށް ސާފުކޮށް ދަންނަވާފައި ވާނެ ކަމަށްވެސް ކަރެކްޝަންސްއިން ބުނެފައިވެއެވެ.

ކުރިއަށް އޮތީ ބަންދު ދުވަސްތަކަކަށް ވާއިރު، މިއަދު ސަރުކާރުގެ ރަސްމީ ގަޑި ނިމެން ގާތްވެފައި ވަނިކޮށް ކަރެކްޝަންސް އިން އެ ބަޔާން ނެރުމުން އެކަމުގައި ނުބައި ނިޔަތެއް އޮތް ކަން ހާމަވާ ކަމަށް ވެސް ވަކީލުން ވިދާޅުވިއެވެ.

އަދި މާލޭ ޖަލުން ވަކީލުންނަށް ދިން މައުލޫމާތާއި ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނުގައި ހުރި ވާހަކަތައް ދިމާނުވާ ކަމަށްވެސް ވިދާޅުވެފައިވެެއެވެ. އެހެންވެ، ޖަލުތައް ހިންގަނީ ކަރެކްޝަންސް ނޫން ފަރާތަކުންތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!