IruOnline

ހައްޖު ދުވަހާއި އީދު ދުވަހު ހިދުމަތްދޭ ވަގުތުތަކަށް ވެމްކޯ އިން ބަދަލުގެނެސްފި

ހައްޖު ދުވަހާއި އީދު ދުވަހު ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ހިދުމަތް ދޭ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ 1441 ވަނަ އަހަރުގެ ހައްޖު ދުވަހާއި އަދި އަލްހާ އީދު ދުވަހު އެ ކޯޕަރޭޝަންގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާގޮތައް ބަދަލުގެނެސްފައިވާ ކަމަށެވެ. 

އީދު ދުވަހާއި ހައްޖު ދުވަހު ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް: 


މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 ން މެންދަމު 00:00 އަށް
ހުޅުމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 ން މެންދަމު 00:00 އަށް
ވިލިމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 ން ރޭގަނޑު 22:00 އަށް
ތިލަފުށި ޑިސްޕޯސަލް ސައިޓް: މެންދުރު 14:00 ން ރޭގަނޑު 21:30 އަށް
އައްޑޫ ސިޓީ. ގުޅިފައިވާ ރަށްތައް: މެންދުރު 14:00 ން ރޭގަނޑު 21:30 އަށް
ހުޅުމީދޫ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 ން ހަވީރު 16:00 އަށް
ފުވައްމުލަކު ސިޓީ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 ން ހަވީރު 16:00 އަށް

ވެމްކޯއިން ކުނި އުކާލުމުގެ މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޑިސެންބަރު 26 ވަނަ ދުވަހުއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!