IruOnline
ފޮޓޯ: އެމްވީކްރައިސިސް

މާލޭގެ ބައެއް ރެސްޓޯރެންޓްތައް އެޗްޕީއޭ އިން ބަންދުކޮށްފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އެޗްޕީއޭ އިން އެކުލަވާލާފައިވާ އުސޫލުތަކާއި ހިލާފަށް ހުރި ތަންތަން ބަންދުކުރަން ފަށައިފިއެވެ.

ޢާންމުން އެއްވެ އުޅޭ ތަންތަނުގައި ކޯވިޑް-19ގެ ޙާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ މިންވަރު ބެލުމަށް ކުރިއަށްގެންދިޔަ ބޮޑު އިންސްޕެކްޝަން މިއަދު އަލުން ވަނީ ފަށައިފައެވެ.

މިއިންސްޕެކްޝަންގައި މިދުވަސްވަރު މީހުން އެއްވެ އުޅޭ ތަންތަން ހުންނަން ޖެހޭ މިންގަނޑުކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ ގޮތަށް ހުރި ތަންތަނާއި އެގަވާއިދާ ޚިލާފަށް ހުރި ތަންތަން ދެނެގަތުމުގެ މަސައްކަތް ކުރާނެކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މިމިންގަނޑުގެ ދަށުން ފިހާރަތަކާއި ކެޕޭ ރެސްޓޯރަންޓްތަކާއި ޖިމާއި މާރުކޭޓް ފަދަ ތަންތަނަށް މީހުން އެއް ފަހަރާއި ވަދެވޭނެ އަދަދުތައްވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން އެތަންތަނުން ޚިދުމަތް ހޯދާ މީހުން މާސްކް ނާޅާ ނުވެއްދުމާއި ހޭންޑް ސެނިޓައިޒަރ ބޭނުންކުރެވޭނެ ގޮތަށް ކަންކަން ކަނޑައެޅުމަށްވެސް އެޗްޕީއޭއިން އިރުޝާދުދީފައިވާއިރު މިކަންކަމަށް ޢަމަލުކުރޭތޯ އިންސްޕެކްޝަންގެ ތެރެއިން ބަލާނެކަމަށް ސިޓީކައުންސިލުން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!