IruOnline
ފޮޓޯ: އަވަސް

ރޭ އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ކޯޓުން އަމުރުކޮށްފި

ރޭ އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެމީހުން ވަނީ ކޯޓުގެ އަމުރާއި އެކުގައި މިހާރު ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.

ރޭގެ މުޒާހަރާވެސް ކުރީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅުނު ހިސާބުންނެވެ. ނަމަވެސް ފުލުހުން ވަނީ އެ ސަރަހައްދުން މުޒާހަރައިގެ ބައިވެރިން ފަހަތަށް ޖައްސާފައެވެ. އެއާއިއެކު މުޒާހަރާގެ ބައިވެރިން މާލޭގެ މަގުތަކުގައި ޝުއޫރު ފާޅުކުރަމުން ގެންދިޔައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށާއި، ވައުދުތައް ފުއްދުމަށާއި ރައްޔިތުންނަށް އަނިޔާ ނުކުރުމަށް ގޮލާފާފައެވެ.

  1. ކޯޓުން ދޫ ކުރާނެ، އެހެނަސް ކުޅު ޖެހި ބަޔަކު ހޯދަން ޖެހޭ، އަނެއްކާ ކޯޓުން އެކަމެއް މަނަ އެއް ނުކުރާނެ ތޯއްޗެއް، ކުއްވެރިން ހިމާޔައި ކުރެވެމުން ދާ ސިލްސިލާ،

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!