IruOnline

ފުލުހުން ގަޔަށް ކުޅު ޖެހީ ޕީއެންސީންކަމަށް ދޭހަވާގޮތައް ކުރި ޓްވީޓް ޝަހީމް ޑްލީޑް ކުރައްވައިފި

ފުލުހުން ގަޔަށް ކުޅު ޖެހީ ޕީއެންސީންކަމަށް ދޭހަވާގޮތައް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް މިއަދު ކުރެއްވި ޓްވީޓްކުރެއްވުމަށްފަހު އެ ޓްވީޓު ބަދަލުކުރައްވައި އާ ޓްވީޓެއް ކުރައްވައިފިއެވެ.

ޝަހީމް މިއަދު ހެނދުނު އެންމެ ފުރަތަމަ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، “ފުލުހުންގެ ގަޔަށް ހައްޕުޑު ޖެހުން ކުށްވެރިކުރަން. ޕީޕީއެމްގެ މެމްބަރުން އެޒާތުގެ ޢަމަލެއް ނުހިންގަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. ޕިޕީއެމަކީ ފުލުހުންނަށް އިހުތިރާމްކުރާ ތަހުޒީބު ޕާޓީއެއް. އެދެނީ އެކަން ކުރި ފަރާތެއް ހޯދައި ތަޙުޤީޤުކޮށް ޤާނޫނީ ފިޔަވަޅު އެޅުން،” ކަމަށެވެ. 

އަންގާރަ ދުވަހުގެ ރޭ މުޒާހަރާކޮށްފައިވަނީ ޕީޕީއެމް ޕީއެންސީ ކޯލިޝަން ގުޅިގެނެވެ. ނަމަވެސް ޝަހީމް ފުރަތަމަ ވިދާޅުވީ ޕީޕީއެމް މެންބަރެއް ކުޅުނުޖަހާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އެހެންކަމުން އެ ޓްވީޓުން ތުހުމަތުވަނީ މުޒާހަރާގައި ދެން ބައިވެރިވި ޕީއެންސީ މެމްބަރެއް ކުޅުޖެހިކަމަށެވެ. 

ކުރިން ކުރެއްވި ޓްވީޓު ޑިލީޓް ކުރެއްވުމަށްފަހު ޝަހީމް ވަނީ އައު ޓްވީޓެއް ކުރައްވާފައެވެ. 

އާ ޓްވީޓުގައި ވިދާޅުވެފައިވަނީ، “ފުލުހުންގެ ގަޔަށް ހައްޕުޑު ޖެހުން ކުށްވެރިކުރަން.ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އެޒާތުގެ ޢަމަލެއް ނުހިންގަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް،” ކަމަށެވެ. 

މުޒާހަރާގެ ތެރެއިން ފުލުހުންގެ ގަޔަށް ކުޅު (ހައްޕުނޑު) ޖެހި މައްސަލަ ބަލާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު  ވަނީ ވިދާޅުވެފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!