IruOnline

ގަސްތުގައި ބަލި ފަތުރަން އުޅޭ ކަމަށް ބުނާ ވީޑިއޯގެ މައްސަލަ ފުލުހުން ބަލަނީ

ކޮވިޑް-19 އިގެ ރޯގާ މާލޭގައި ފެތުރެމުންދާއިރު، ގޭގެއަށް ގޮސް ގަސްތުގައި ބަލި ފަތުރަން މަސައްކަތް ކުރާ ކަމަށް ބެލެވޭ ކަމަށް ބުނާ މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ސީސީޓީވީ ވީޑިއޯއަކުން ފެންނަ ގޮތުގައި، މާސްކް އަޅައިގެން ހުންނަ މީހަކު ގެއެއްގެ ތެރެއަށް ވަދެ ދޮރު ކުރިމަތީ މަޑުކޮށްގެން ހުރެ މާސްކް ނަގަ އެވެ. އަދި އޭނާގެ މޫނުމަތީގަ އާއި ނޭފަތުގައި އަތް ހޭކުމަށް ފަހު، އެ ދޮރުގެ ތަޅުގައި ހިފައި ދޮރުގައި އާތް ކާއްތައި މަންޒަރު ފެނެ އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ސޯޝަލް މީޑިއާގައި ދަރުވަމުންދާ ވީޑިއޯ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އެ ވީޑިއޯގައި ގަސްދުގައި ބަލި ފަތުރަން އުޅޭ ކަމުގެ ތުހުމަތު ކުރެވޭ ގޮތަށް އެ މީހެއްގެ އަމަލުތައް ހުރުމުން ބަަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

އެ ވީޑިއޯއާ ގުޅޭ އިތުރު މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ގުޅައި އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް ފުލުހުން އެދިފައި ވެއެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޮވިޑްގެ ބަލިޖެހޭ މީހުންގެ ނިސްބަތް ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ. އެގޮތުން، 137 މީހުނާއެކު އިއްޔެ ވަނީ ރެކޯޑް އަދަދަކަށް މީހުން އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!