IruOnline

ޔުނިވަރސަލުން ޕީސީއާރު ދެ މެޝިން ހަދިޔާ ކޮށްފި

ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުން އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ދުވަސްވީ އެއް ކުންފުނި ޔުނިވަރސަލް އެންޓަރޕްރައިސަސްގެ ފަރާތުން ޕީސީއާރު ދެ މެޝިން ހަދިޔާކޮށްފިއެވެ.

ޕީ.ސީ.އާރު މެޝިންތައް ރަސްމީކޮށް މިނިސްޓްރީ އޮފް ހެލްތާއި ހަވާލުކުރީ މިކަމަށްޓަކައި ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. ޔުނިވަރސަލުން ހަދިޔާ ކުރި ޕީސީއާރު ދެ މެޝިނުގެ ލިޔުމާއި ހަވާލުވެވަޑައިގެންނެވީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އެވެ. ޔުނިވަރސަލްގެ ފަރާތުން އެލިޔުން ހަވާލުކޮށްދެއްވީ، އެކުންފުނީގެ ޖެނެރަލް މެނޭޖަރ ހިއުމަން ރިސޯސަސް، އަލީ އާދަމް އެވެ.

މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އަމީން ވަނީ ޔުނިވާސަލް އެންޓަޕްރައިސަސްގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި އެކުންފުންޏަށް ޝުކުރު އަދާކުރައްވާފައެވެ.

ޔުނިވާސަލްގެ ފަރާތުން މީގެކުރިން ވަނީ 20،000 ޓެސްޓް ކިޓް ވެސް ހަދިޔާކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!