IruOnline

ކަންގަނާ ދީޕިކާއަށް: ޑިޕްރެޝަންގެ ޝިކާރައަށް ވެފައިވާ ކަމަށް ބުނެ ވަކި އެޖެންޑާއެއް ފަތުރާ މީހުން ތިބެން ޖެހޭނީ އެކަހެރިކުރެވިފައި

ސުޝާންތު ސިންގް ރާޖްޕޫތުގެ ކުއްލި މަރަށް ފަހު ބޮލީވުޑްގައި ފެށިގެން އުޅޭ ނެޕޯޓިޒަމް ބަހުސް އަދިވެސް ދަނީ ކުރިޔަށެވެ. މި ބަހުސްގައި އެންމެ ނަގާކިޔާ އެކަކީ ފިލްމީ ބަތަލާ ކަންގަނާ ރަނާވަތެވެ. ކަންގަނާ އަކީ ސުޝާންތުގެ ކުއްލި މަރުގެ ޚަބަރު ލިބުމާއެކު ސުޝާންތު އަމިއްލަ އަށް މަރުނުވާނެކަމަށް ބުނެ އެންމެ ގަދައަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި ތަރި އެވެ.

ސުޝާންތު ސިންގް ރާޖުޕުތުގެ މަރާ ގުޅިގެން އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީއާ ދެކޮޅަށް ސުޝާންތުގެ ބައްޕަ ފުލުހުންނަށް އިއްޔެ ވަނީ މައްސަލައެއް ހުށަހަޅައިފައެވެ. ރިއާއާ ދެކޮޅަށް ސުޝާންތުގެ ބައްޕަ ހުށަހަޅާފައިވާ މައްސަލައިގައި، ރިއާ ސުޝާންތައް އަމިއްލައަށް މަރުވުމަށް ހިތްވަރު ދިނުމާއި، ސުޝާންތުގެ ފައިސާއަށް މަކަރު ހެދުމާއި އޭނާއަށް ނުބައި ޑިޕްރެޝަން ބޭސް ތަކެއް ދިނުން، އަދި މި ނޫން ވެސް ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވެއެވެ.

މުމްބާއިގެ ފުލުހުންނަށް އިތުބާރު ނުކުރާކަމަށް ސުޝާންތުގެ އާއިލާއިން ބުނެއެވެ. އަދި މިކަމަށް ބާރުލައި ސުޝާންތުގެ ފޭނުންނާއި ކަންގަނާއަށް ސަޕޯޓުކުރާ މީހުން ދަނީ ޓްވިޓާގައި އަޑުގަދަކުރަމުންނެވެ. އެގޮތުން ފުލުހުން ފުރަތަމަވެސް ނިންމާފައިވަނީ ސުޝާންތު އަމިއްލައަށް މަރުވެފައިވަނީ ޑިޕްރެޝަންގެ ސަބަބުން ކަމަށެވެ.

މިކަމާއި ގުޅިގެން ކަންގަނާ ކުރި ޓްވީޓެއްގައި ބުނީ ބޮލީވުޑުގައި ޑިޕްރެޝަންގެ ޝިކާރައަކަށް ވެފައިވާ ކަމަށް ބުނެ ވަކި އެޖެންޑާއެއް ފަތުރާ އުޅޭ މީހުން ތިބެން ޖެހޭނީ އެކަހެރިކުރެވިފައި ކަމަށެވެ. އޭނާގެ މި ޓްވީޓުގައި ވަކި މީހަކުގެ ނަން ޖަހާފައިނުވި ނަމަވެސް އޭނާ ވަނީ ދީޕިކާ ޓެގްކޮށްފައެވެ.

ކަންގަނާ މިހެން ބުނެފައި މިވަނީ ސުޝާންތު މަރަށްފަހު، “ރިޕީޓް އާފްޓާ މީ” އޭ ކިޔައިގެން ޑިޕްރެޝަންއަށް މީހުން ހޭލުންތެރިކުރުވަން ކަމަށް ބުނެ ޑިޕްރެޝަންއާއި ގުޅޭ ޕޯސްޓުތައް ކުރުމާއި ގުޅިގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!