IruOnline

ކޮވިޑް 19ގެ އުސޫލުތަކާ ހިލާފަށް ހުރި ތަންތަން ވަގުތުން ބަންދުކުރަން ނިންމައިފި

ކޮވިޑް 19ގެ އުސޫލުތަކާ ހިލާފަށް ހުންނަ ތަންތަން ވަގުތުން ބަންދުކުރަން ސަރުކާރުން ނިންމައިފިއެވެ.

އެޗްޕީއޭ އިން މިރޭ ވިދާޅުވީ މާދަމާ ކުރިޔަށްގެންދާ އިންސްޕެކްޝަން ގައި ކޮވިޑް-19 އާއި ގުޅިގެން ހެދިފައިވާ އުސޫލުތަކާ ޙިލާފަށް ހުންނަ ތަންތަން ވަގުތުން ބަންދުކުރެވޭނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހެދިފައިވާ ޤާވާއިދުތަކާއި އުސޫލްތަކާއި އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުމަށް މާލެ ސަރަހައްދުގައި މާސް އިންސްޕެކްޝަނެއް މީގެ ކުރިންވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެ އިންސްޕެކްޝަން ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށެވެ.

އެ އިންސްޕެކްޝަންގައި ހުރިހާ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފިހާރަތަކާއި، ސެލޫން، ބޯކޮށާ ތަންތަނާއި، ޖިމް އަދި އެކި ގޮތްގޮތަށް ހެދިފައިހުރި މާރުކޭޓްތައް ބަލާފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!