IruOnline

ކަރީނާ ވަރުގަދަ ބާރގާއެއް ކާލައިފި

ކަރީނާ ކަޕޫރު ޚާނަކީ ބޮލީވުޑްގެ އޭ-ލިސްޓް ތަރިންގެ ތެރޭގައި ގުނާލެވޭ ކުޅަދާނަ ބަތަލާއެކެވެ. ކާމިޔާބު އެތައް ފިލްމެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ކަޕޫރު ހާންދާނަށް ނިސްބަތްވާ ކަރީނާއަކީ ބޮލީވުޑްގެ އެންމެ އަގުބޮޑު އެއް ބަތަލާވެސްމެއެވެ.

2000ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފުވި ކަރީނާ ވަނީ ދާދި ފަހުން އޭނާގެ ފިލްމީ ކެރިއަރަށް 20 އަހަރު ފުރުންވެސް ފާހަގަކޮށްފައެވެ.
ވިހެއުމަށްފަހު މަހެއް ވެސް ނުވަނީސް ކަސްރަތުކުރަން ފެއްޓި ކަރީނާއަކީ އަބަދުވެސް އޭނާގެ ހަށިގަނޑަށް ހާއްސަ ސަމާލުކަމެއްދޭ އެއް ބަތަލާއެވެ.

އެއްވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ރަސްމީ އެކައުންޓެއް ނުގެންގުޅޭ ކަރީނާ ވަނީ ދާދިފަހުން އިންސްޓަގްރާމްގައި އެކައުންޓެއް ހުޅުވާފައެވެ. އަދި އޭނާގެ ޕޯސްޓުތަކަކީ ގިނަ ބަޔެއްގެ ސަމާލުކަން ލިބޭ ގިނަ މީހުން ގަޔާވާ ޕޯސްޓުތަކެކެވެ.

އެހެންކަމުން މި ހަފްތާގެ އާދީއްތަ ދުވަހު އޭނާގެ ޗީޓްޑޭގައި އޭނާ ކޮށްފައިވާ ޕޯސްޓަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. ކަރީނާ ކުރި ޕޯސްޓުން ފެންނަ ގޮތުގައި އޭނާ އިނީ މަޝްޙޫރު އިނގިރޭސި ސީރީސް ފްރެންޑްސް ބަލަން އިނދެގެން އޭނާގެ ރަހްމަތްތެރިޔާ ރިޔާ ކަޕޫރު ހަދާދިން ބާގާއެއް ކާން އިންނަ މަންޒަރެވެ. ކަރީނާ ބުނި ގޮތުގައި އެއީ އޭނާއަށް އެންމެ މީރު ބާގާއެވެ.

ކަރީނާ ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އަޅައިގެން ފިލްމްތަކުގެ ތެރޭގައި “ކަބީހުޝީ ކަބީގަމް”، “ޗަމޭލީ”، “ޖަބް ވީ މެޓް”، “3 އީޑިއަޓްސް”، ބޮޑީގާޑް”، “ހިރޯއިން”، އަދި “އުޑްތާ ޕަންޖާބު” ފަދަ ފިލްމްތައް ހިމެނެއެވެ. އަދި ކަރީނާ އެންމެފަހުން ފެނިގެންދިޔަ 3 ފިލްމްކަމަށްވާ 2018 ވަނަ އަހަރު ނެރުނު “ވީރޭ ދި ވެޑިންގް”، 2019 ވަނަ އަހަރު ނެރުނު “ގުޑް ނިއުޒް” އަދި 2020 ވަނަ އަހަރު ރިލީޒްކުރި “އަންގްރޭޒީ މީޑިއަމް” އަކީވެސް ބޮލީވުޑް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދި ފިލްމްތަކެކެވެ. ދެން އެންމެ އަވަހަށް ކަރީނާ ފެނިގެންދާނީ އާމިރު ޚާނާއެކު ފިލްމް “ލާލް ސިންގް ޗައްދާ”އިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!