IruOnline

ކޮވިޑް ހުއްޓުވަން އިތުރު ފިޔަވަޅު އެޅުމަށް މަޝްވަރާ ކޮށްފި

ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 ރޯގާ އިތުރަށް ކޮންޓްރޯލް ކުރުމަށް އަޅަން ހުށަހަޅާފައި ހުރި ފިޔަވަޅުތަކާ މެދު ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ކޯޑިނޭޝަން ކޮމެޓީގައި މަޝްވަރާކޮށްފި އެވެ.

ހެލްތް މިނިސްޓްރީ މިއަދު ބުނީ، އެޗްއީއޯސީގެ ކޯޑިނޭޝަން ކޮމެޓީ ބައްދަލުވުމުގައި މިއަދު މަޝްވަރާ ކޮށްފައިވަނީ، ކޮވިޑް-19 ކޮންޓްރޯލު ކުރަން އަޅަން ހުށަހަޅާފައި ހުރި އިތުރު ފިޔަވަޅުތަކާ މެދު ކަމަށެވެ.

ކޮވިޑް-19 ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅު އެޅުމަށް އެޗްއީއޯސީގައި މަޝްވަރާ ކޮށްފައިވާއިރު، ލޮކްޑައުންއަށް ލުއިދިން ފަހުން މިއަދު ރާއްޖެއިން ވަނީ ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި 137 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 92 ދިވެހިންނާއި، 31 ބަންގްލަދޭޝްގެ މީހުންނާއި، އިންޑިއާގެ 9 މީހެއްގެ އިތުރުން ސްރީލަންކާގެ ހަތަރު މީހެއްގެ އިތުރުން ފިލިޕީންސްގެ މީހެއް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!