IruOnline

ޓީވީއެއްގެ ވެރިފަރާތް ހޯދަނީ

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ހައިސެންސް ބްރޭންޑްގެ ޓީވީއެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި ޓީވީއަކީ މި މަހުގެ 26 ވަނަ ދުވަހުގެ 16:50 އެހާކަންހާއިރު މ. ކުނޫޒް ކައިރިން ދެ މީހަކު ޓީވީއެއް ހިފައިގެން ދަނިކޮށް، އެދެމީހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރުމުން ޓީވީގެ ވެރިފަރާތް ބުނެދެވިފައިނުވާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ޓީވީއެކެވެ.

ވީމާ މި ޓީވީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުވައި، އިންސިޑެންޓް ނަންބަރު 461299 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ޓީވީއާ ހަވާލުވެލެއްވުމަށް އެފަރާތުން އެދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!