IruOnline

ސުޝާންތު އޭނާގެ ދަަައްތަ އާއި ދެމެދު ދެކެވުނު އެންމެފަހު ވާހަކަ ކޮޅު

ދާދި ފަހުން ދަންޖެހިގެން މަރުވެފައިހުއްޓާ ފެނުނު މަޝްހޫރު ބޮލީވުޑްގެ ތަރި ސުޝާންތު ސިން ރާޖުޕުތުގެ ހަދާނުގައި އެއްބަޑު އެއްބަފާ ދައްތަ ޝުވެތާ ސިންގު އެދެބެންގެ އެންމެފަހުން ދެކެވުނު ވާހަކައިގެ ސުކުރީންޝޮޓެއް ހިއްސާކޮއްފިއެވެ. ސުޝާންތު މަރުވުމުގެ 4 ދުވަސްކުރިން ދައްތައާއެކު ދައްކާފައިވާ މި ވާހަކަތަކުންވެސް އެނެމެ ބޮޑަށް ފާހަގަކުރެވިފައިވަނީ އޭނާގެ އެކަނިވެރިކަމެވެ.

އިންސްޓަގުރާމުގައި ހިއްސާކޮއްފައިވާ މިފޮޓޯއަކީ އެދެބެން ޖޫން 10ވަނަ ދުވަހު ދައްކާފައިވާ ވާހަކަކޮޅެކެވެ. ޝުވެތާއަކީ ޔޫއެސްގައި ދިރިއުޅޭ ސުޝާންތުގެ އެއްބަނޑު އެއްބަފާ ދައްތައެކެވެ. ސުވެތާއަކީ ކުޑަ ކުޑަ އިރުންސުރެ މަންމައެއްފަދައިން ސުޝާންތު ބަލަމުން އައި އެހެން ދައްތައިންނަށްވުރެ ސުޝާންތުއާ ހުރިހާ ގޮތަކުންވެސް ގާތް ދައްތައެކެވެ.  ކައިވެންޏަށްފަހު ދިރިއުޅުން ޔޫއެސްއަށް ބަދަލުކުރި ފަހުންވެސް އެތަށް ފަހަރަކު ދައްތަކައިރީ ހުރެލަން އައުމަށް ސުޝާންތު ގާތުން އެދުނުކަމަށް ޝުވެތާ ބުނެއެވެ. އެކަމަކުވެސް އަމިއްލަ ދިރިއުޅުމުގައި ބުރަކަމުން އާދެވޭގޮތް ނުވާކަމަށް އޭނާވަނީ ބުނެފައެވެ.

އިތުރަށް ސުވޭތާ ބުނެފައިވަނީ އެހިގާދިޔަ ހުރިހާމަކަކީ ފެނުނު ހުވަފެނަކަށްވެ ހޭލެވޭއިރު ކޮއްކޮ ފެންނާނެ ނަމައޭ ހިތަށް އަރާކަމަށެވެ. އަދި ކުރީގައި ކޮންމެ ކަމަކުން ކޮއްކޮ ސަލާމަތްކޮއްދިނުމަށް ކައިރީގައި ހުރި ފަދައިން އެދުވަހުވެސް ހުރެވުނު ނަމައޭ ހިތަށް އަރާކަމަށް ބުންޏެވެ.

ސުޝާންތު ދަންޖެހިގެން އަމިއްލައަށް މަރުވެފައިހުއްޓާ ފެނުނީ މުމްބާއީގަ ހުންނަ  އޭނާގެ އަމިއްލަ އެޕާރޓްމަންޓުގައި މިދިޔަ ޖޫންމަހުގެ 14 ވަނަދުވަހުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!