IruOnline

ކުޑަދަރިފުޅަށް މަސާޖު ދިނުން، ވަރަށް ރަނގަޅު ކަމެއް!

ތުއްތުކުދިންނަށް މަސާޖު ދިނުމަކީ، އެކުދިންގެ ސިއްޙަތާ ގުޅިފައިވާ ވަރަށް މުހިއްމު ކަމެކެވެ. އަދި މިއީ ގިނަ ޑޮކްޓަރުންވެސް ލަފާދޭ، ފައިދާބޮޑު ކަމެކެވެ. ވުމާއެކު މިފަހަރު މި އަލިއަޅުވައިލަނީ، ތުއްތުކުދިންނަށް މަސާޖު ދިނުމުގެ ފައިދާތަކާއި، އެކަން ކުރާއިރު ސަމާލުކަން ދޭންވީ ކަންތައްތަކަށެވެ.

ފައިދާތައް

މަސާޖުގެ ސަބަބުން ކުޑަދަރިފުޅުގެ ލޭހިނގުމުގެ ނިޒާމާއި، ހަޖަމުގެ ނިޒާމަށް ވަރަށް ރަނގަޅު ބަދަލުތަކެއް އާދެއެވެ. އޭގެތެރޭގައި:

– ވައިގެ އުނދަގުލުން ދުރުކޮށްދިނުން

– ބަނޑުގައި ރިހުމުން ދުރުކޮށްދިނުން

– ބަނޑުހަރުވުމުން ސަލަމާތްކޮށްދިނުން

–  ދަށްބަނޑުގެ ރިހުންތަކުން ދުރުކޮށްދިނުން

– މަސްތައް ވަރުގަދަކޮށްދީ، ހެދިބޮޑުވުމަށް އެހީވެދިނުން

މަސާޖުކުރަން ފަށާނީ ކޮންއިރަކު؟

ކުއްޖާ ވިހެއުމަށްފަހު ދެތިން ހަފްތާ ފަހުން މަސާޖު ކުރަން ފެށިދާނެއެވެ. އަދި މަސާޖު ދޭއިރު، ދަރިފުޅު އޮންނަނީ ހަމަޖެހިގެންތޯ ބަލަންވާނެއެވެ. މަސާޖުކުރަން ފެށުމުން އޭނައަށް އުނދަގޫވެގެން އުޅޭނަމަ، ވަގުތުން ހުއްޓައިލަން ވާނެއެވެ. އަދި ޑޮކްޓަރުގެ ލަފައަށް އެދެންވާނެއެވެ. ދަރިފުޅަށް ކާންދީ ނިމުމާއެކު މަސާޖު ކުރަން ނުފަށައްޗެވެ. ނޫންނަމަ ހޮޑުލުމަކީ އެކަށީގެންވާ ކަމަށެވެ. އެންމެ ރަނގަޅު ވަގުތަކީ ފެންވެރުވުމުގެ ކުރިންނެވެ. ނުވަތަ ދަރިފުޅު ނިންދެވުމުގެ ކުރިވެސް ރަނގަޅު ވާނެއެވެ.

ސަމާލުކަން ދޭންވީ ކަންކަން

– މަސާޖުކުރަން ބާއްވާފައި އޮންނަ މާޙައުލަކީ ފިނިހޫނުމިން ހެޔޮވަރު، ދަރިފުޅަށް އަރާމު ތަނަކަށް ވާންވާނެ

– ރަނގަޅު ކޮލިޓީއެއްގެ ބޭބީ އޮއިލް އެއް ބޭނުންކުރުން. ނަމަވެސް ތެޔޮ ބޭނުންކުރުމަކީ ޒަރޫރީ ކަމެއް ނޫން. ތެލަކާ ނުލައި ވެސް މަސާޖު ކުރެވިދާނެ.

– މަސާޖު ފަށާނީ ކުއްޖާގެ ބުރަކަށިން.

– މަޑުމަޑުން ވަށްބުރުގެ ބަށްޓަމަށް މަސާޖުކުރުން

– މަސާޖު ކުރަމުންދާއިރު ދަރިފުޅާ ސަކަރާތް ޖަހައި ވާހަކަ ދައްކަން ވާނެ. އޭރުން ހަމަޖެހިލައިގެން އޮތުމަށް ބާރުއެޅޭނެ.

-އަތާއި ފައި މަސާޖު ކުރާއިރު މާ ބާރަށް ލަންބައި، ދަމާ ނުހަދާތި.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!