IruOnline

ބެލޮންޑިއޯ އެވޯޑު މިއަހަރު ނުދޭން ނިންމައިފި

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް މި އަހަރު ނުދޭން ނިންމައިފިއެވެ.

ފްރާންސް ފުޓްބޯލް މެގަޒިންގެ ފަރާތުން، ހޮވާ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ މި އަހަރު ނުހޮވަނީ ކޮވިޑާ ގުޅިގެން، ލީގުތައް މެދު ކަނޑާލާފައިވާތީ، ކުޅުންތެރިން ޖަޖު ކުރާނެ އިންސާފުވެރި މެކޭނިޒަމެއް ނެތުމުންނެވެ.

އެގޮތުން ބައެއް ލީގުތަކުގެ ކުޅުން ކުރިއަށް ނުގެންގޮސް ނިންމާލަން ޖެހިފައިވާ ކަމަށާއި، އެވޯޑަށް އިންސާފުކުރާ 220 ނޫސްވެރިންގެ ސަމާލުކަން ވެސް ދިމާވި ހާއްސަ ހާލަތާއި ގުޅިގެން ފުޓްބޯޅަ އަށްވުރެ ބޮޑަށް އެހެން ކަންކަމަށް އެނބުރިފައިވާ ކަމަށްވެސް ފްރާންސް ފުޓްބޯލް އިން ބުނެއެވެ.

މި ހާލަތުގައި މި އެވޯޑުގެ ކަންކަން ކުރިއަށް ގެންދަން ބޭނުން ނުވާތީ، މިއަހަރު އެވޯޑު ނުދޭން ނިންމީ ކަމަށްވެސް އެ މަޖައްލާ އިން ބުނެއެވެ.

މިއީ 1956 ވަނަ އަހަރަށްފަހު ބެލޮންޑިއޯ އެވޯޑު ނުދޭން ނިންމި ފުރަތަމަ އަހަރުކަން ފާހަގަކޮށްލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!