IruOnline

އަކްޝޭ މާސްކް އެޅުމަށް ބުނާ ވީޑިއޯއަށް ޓްވިންކަލް ކުރި ކޮމެންޓުން ހިނި ފަޅައިގެން ދާނެ

މަޝްހޫރު ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރަކީ އިންޑިއާގެ ރައްޔިތުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންގެ ލޯބި ލިބިފައިވާ އެކްޓަރެކެވެ.

ކޮންމެ ކަމެއްގައިވެސް މަޖާ އަދި ސަކަ މިޒާޖެއް ގެންގުޅޭ އަކްޝޭއަކީ އިންޑިއާގެ އިޖްތިމާއި ތަފާތު އެކި ޙަރަކާތްތަކުގައި އިސްސަފުން ފެންނަ ތަރިއެކެވެ. އެގޮތުން މިހާރު ހަލުވިކަމާއެކު އިންޑިއާގައްޔާއި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެންވެސް އަކްޝޭވަނީ އެކި ގޮތް ގޮތުން އެހީތެރިވެދީ ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން އެކި އެކި ވީޑިއޯކުޅެ ޝެއާ ކޮށްފައެވެ.

މިގޮތުން މިފަހަރު އަކްޝޭ ކުޅުނު ވީޑިއޯ ވަރަށް މަޖަލެވެ. އަދި މި ވީޑިއޯއަށް އޭނާގެ އަންހެނުން ޓްވިންކަލް ކަންނާ ކުރި ކޮމެންޓު މާ މަޖަލެވެ.

އަކްޝޭ މިއަދު އޭނާގެ އިންސްޓަގްރާމްގައި ވީޑިއޯއެއް ހިއްސާކުރަމުން ބުނެފައިވަނީ އިންޑިއާގެ ހުރިހާ ބަހުރުވައަކުން ނުބައި އެއްޗެހި ކިޔުއްވަން ބޭނުންނުވާނަމަ އެންމެންވެސް މާސްކު އެޅުމަށެވެ. އޭނާ ހިއްސާ ކުރި ވީޑިއޯގައި ފެންނަނީ އިންޑިއާގެ އެކި އަވަށް އަވަށުގެ މީހުން އެކި ބަހުރުވައިން މާސްކު އެޅުމަށް ބުނާ މަންޒަރެވެ. އަދި އެންމެ ފަހުން އޭނާވެސް އެންމެސް މާސްކު އަޅަން ހަނދާންކުރުމަށް ބުނެ މާ ޖެހި މާސްކެއް އަޅައެވެ.

މި ޕޯސްޓަށް އޭނާގެ އަންހެނުން ކުރި ކޮމެންޓުގައި ބުނީ “މާސްކު އަޅާއިރު އަމިއްލަ މާސްކު އެޅުމަށާއި، ބައިވެރިޔާގެ ދޮވެފައި އޮތް ލޯބި މާ ޖެހި މާސްކު ވަގަށް ނުނެގުމަށެވެ.”

މިހާރު އަކްޝޭ އާއި ޓްވިންކަލްގެ ކައިވެންޏަށް 15 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ދެމަފިރިންނަށް ވަނީ ދެ ދަރިން ވެސް ލިބިފަ އެވެ. ޓްވިންކަލް އަކީ އެކްޓަރެއްގެ އިތުރުން ކުޅަދާނަ ލިޔުންތެރިއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!