ސިފައިން ތަމްރީނެއް ކުރިޔަށް ގެންދާތީ ސަމާލުވާން އެދެފި

ހުޅުމާލޭގެ އިރުން 07 ނޯޓިކަލް މޭރު ބޭރުގައި ސިފައިން ތަމްރީނެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވާތީ އެކަމަށް އާއްމުން ސަމާލުވުމަށް އެމްއެންޑީއެފް އިން އެދެފިއެވެ.]

އެމްއެންޑީއެފް އިން ބުނީ މާދަމާ އިން ފެށިގެން މި މަހުގެ 23ވަނަ ދުވަހަށް، ކޮންމެ ދުވަހެއްގެ 06:00 އިން 18:00 އަށް ހުޅުމާލޭގެ އިރުން 07 ނޯޓިކަލް މޭރު ބޭރުގައި ސިފައިން ތަމްރީނެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ތަމްރީނުތަކުގައި ބަޑިޖެހުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ. މި ތަމްރީނުގައި ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 500 މީޓަރެވެ. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 100 މީޓަރެވެ.

ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ތިރިމިނަކީ ސީ ލެވަލް ކަމަށާއި ވައިގެ ސަރަޙައްދު ބޭނުންކުރާނެ ޑައިރެކްޝަނަކީ ހުޅުމާލޭގެ އިރުން 07 ނޯޓިކަލް މޭރު ބޭރު ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!