އަޑިއަށްދިޔަ ދޯނީގެ ބައިތައް އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި

މަސްވެރިކަމަށް ނިކުމެ އުޅުނު “ކަނޑުރޯދި” ދޯނި މާލޭގެ އިރުން 17 ނޯޓިކަލް މޭލުން އަޑިއަށް ދިޔުމާއި ގުޅިގެން މިދޯނީގެ ބައިތައް އޮޔާ ދާތީވެ މިސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ އަޑިޔަށް ދިޔަ ދޯނީގެ ބައިތައް އޮޔާ ގެންދަނީ އިރުދެކުނަށް ވާގޮތަށް ކަމަށެވެ.

އަދި ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ އުޅަނދު ފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކުރެއެވެ.

މި ދޯނި އަޑިއަށް ގޮސްފައިވާއިރު، މި ދޯނިން ދަތުރުކުރި 9 ފަޅުވެރިން ކަނޑުވެފައި ތިއްބައި އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކުން އެމީހުން ސަލާމަތްކޮށް މިހާރު ވަނީ މާލެ ގެނެސްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!