ޑިންގީއެއް ބަންޑުން ޖަހާލައި އަޑިއަށްދާތީ އެމްއެންޑީއެފް އެހީތެރިކަން ފޯރުކޮށްދީފި

ކަފުޖަހައިގެން ގެންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި އަޑިއަށްދާތީ އެމްއެންޑީއެފް ސަދާން އެރިއާގެ ކޯސްޓްގަރޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ އައްޑޫ އަތޮޅުގެ އުތުރުން 16 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުން ދިޔަ ”ބެސްޓް ލައިން” ބޯޓު ގައި ކަފު ޖަހާފައި އޮތް 22 ފޫޓުގެ ޑިންގީއެއް މޫސުން ގޯސްވެ ބަންޑުން ޖަހާލައިގެން އަޑިއަށްދާތީ އެމްއެންޑީއެފްގެ ކޯސްޓްގަރޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ހުކުރު ދުވަހުގެ ރޭ މެންދަމު 1:16 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގައި ބަންޑުން ޖަހާލި ޑިންގީ އެމްއެންޑީއެފް ކޯސްޓްގަރޑްގެ އެހީތެރިކަމާއެކު ފެންމައްޗަށް ނަގައި ބޯޓުގައި ކަފު ޖަހައިދީފައިވާ ކަމަށެވެ.

މި ބޯޓު އައްޑޫ ސިޓީއަށް ދަތުރުކުރަމުންދާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!