އިމޮޖީ ބޭނުން ކޮށްގެން ދިރާގުން 5ޖީބީ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް

ދުނިޔޭގެ އިމޮޖީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިމޮޖީ ބޭނުން ކޮށްގެން ފަސް ޖީބީ ޑާޓާ ލިބޭނެ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

“ދުނިޔޭގެ އިމޯޖީ ދުވަސް” ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ފޭސްބުކް ޕޭޖް ނުވަތަ އިންސްޓަގްރާމްގައި ތިން އިމޯޖީއެއް ބޭނުން ކޮށްގެން އެންމެ ގާތް އެކުވެރިޔާ ސިފަކޮށް ދިނުމުން ބައިވެރިވެވެ އެވެ. މިގޮތަށް ސިފަކޮށް ދިނުމުން ގުރުއަތުން ހޮވޭ ފަރާތަކާއި އެ ފަރާތެއްގެ އެންމެ ގާތް އެކުވެރިޔާ، އެއިން ކޮންމެ މީހަކަށް ފަސް ޖީބީ ޑޭޓާ ހިލޭ ދެއެވެ.

ދިރާގުގެ ކަސްޓަމަރުންނަށް ހުޅުވާލައި މި ޕްރޮމޯޝަން މިރޭ 12:00 ޖެހުމާ ހަމައަށް ކުރިއަށް ދާނެ އެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި ބޭނުން ކުރަމުން އަންނަ އިމޮޖީ ތައާރަފް ކޮށްދިނީ ޖަޕާނުގެ އާޓިސްޓެއް ކަމަށްވާ ޝިގެޓާކާ އެވެ. އެގޮތުން 1999 ގައި އުފެއްދި އިމޮޖީ މިހާރު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރުވެފައެވެ.  

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!